ތަޢުލީމީ ދާއިރާގެ އަގު ހިފެހެއްޓުމަށް ބާރުއަޅައި، "މުދައްރިސުންގެ ސުލޫކީ މިންގަނޑު" އާންމުކޮށްފި

ތަޢުލީމީ ދާއިރާގެ އަގު ހިފަހައްޓައި، ޙަޤީޤތަކާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ބާރުއަޅައި "މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު" އާންމުކޮށްފިއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން، ތައުލީމީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެއްވެސް މުދައްރިސަކު ދަައުލަތާއ،ި ސަރުކާރާއ،ި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

މުދައްރިސުންގެ ސުލޫކީ މިންގަނޑުގައި އެކުލެވިގެންވަނީ ހަތް އަސާސެއްގެ ކަމަށްވާއިރު، އޭގެތެރޭގައި ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރު، ދަރިވަރުންގެ ފަރުދީ ތަފާތުތަކައި، ފަންނީ އަދި ރަސްމީ ގުޅުމާއި، ފަންނީ އަހުލާގާއި، ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ޒަމާނާ އެކަށޭނަ އިލްމާއި ފަންނުވެރިކަން، ކުރިއެރުވުން ހިމެނެއެވެ.

"މުދައްރިސުންގެ ސުލޫކީ މިންގަނޑާ އުޅޭ އުސޫލު" އިއްޔެ ގެެޒެޓްކޮށްފައިވާއިރު، އެ އުސޫލުގެ މަޤްސަދަކީ މުުދައްރިސުންގެ ފަންނީ އަޚްލާޤީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކ،ު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިޙްތިރާމް އިތުރުކޮށް ދެމެހެއްޓުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކޮށް، ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި އިޚްހުލާސްތެރި ޒިންމާދާރު އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެފަދަ، އުނގެނުމަށް ފަހި މާހައުލެއް ރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގައި ގާއިމުކުރުން ކަމަށް އެ އުސޫލުގައި ބާރު އަޅާފައިވެއެވެ.

ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމުގެ ގޮތުން އެއްވެސް މުދައްރިސަކު މީސްމީޑިއާގައި މުއާމަލާތުކުރުމުގައި އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް އައިސްދާނެ ނުވަތަ ބަދުނާމުވެ، އަބުރަށް ހުތުރުވެދާނެފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ، ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ޢަމަލެއް ކޮށްގެން ނުވާނެ ކަމަށާއި އަދި މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށ،ް ރިވެތި ނަމޫނާއަކަށް ވުމާއެކު ތިމާގެ އަގުވެއްޓޭފަދ،ަ އެއްވެސް ޢަމަލެއް މީސްމީޑިއާގައި ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *