Saturday, 13 April 2024

ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ބަދަލުކުރަނީ

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިމެންދެން އެ ސްކޫލް ހިންގާނެ އިމާރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް ހަމަޖައްސައި، ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

2010 ވަނަ އަހަރު އެޅި އަރަބިއްޔާގެ 10 ބުރީގެ އިމާރާތުގައި ރެނދުލައި، ބޭނުން ނުކުރެވޭތީ،  އަރަބިއްޔާގެ ކިޔެވުން ބަދަލުކުރީ ފޮރިން މިނިސްޓްރީ ހިންގަން ހުޅުމާލޭ ފެރީ ޓާމިނަލް ކައިރި ވަގުތީ ގޮތުން އެޅި އިމާރާތަކަށެވެ. އެއީ ޖާގައިގެ ގޮތުން އެކަށީގެންވާ ތަނެއް ނޫނެވެ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވަނީ، އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުން އަންނަ އިމާރާތަކީ ޖާގައިގެ ގޮތުން ވަރަށް ދަތި ތަނަކަށް ވާތީ ދަރުމަވަންތަ ހިންގި އިމާރާތަށް އެ ސްކޫލް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް މިހާރު ވަނީ ނިމިފައެވެ. ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގައި އަރަބިއްޔާ ހިންގަން ފެށުމަށް އެތަނުގެ އާބާތުރަ ފިލުވައި، އަރަބިއްޔާގެ ކުލައަށް އެ އިމާރާތުގެ ކުލަ ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަގެންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *