ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަކަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ދިން ހުއްދައިގެ މުއްދަތު އޮގަސްޓު 28 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ހާމަކޮށްފި އެވެ.
ކަރެކްޝަނަލް ސާވިސަސް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މުއްދަތު އިތުރުކޮށްދޭން އަދީބު އެދިފައިވުމުން، އޮގަސްޓު 28, 2023 އާ ހަމައަށް އެ ގޮތަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވީ އޭނާ އަނބުރާ ރާއްޖެއަށް ގެނެވޭނެކަން ކަށަވަރުކޮށްފައި ކަމަށާއި، އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާ އިރު އޭނާގެ އަރިހުގައި ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް ހާމަކުރެއެވެ.
އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެ ގޮތަށް ލަފާ ދިނުމުންނެވެ.
އަދީބު ސިންގަޕޫރަށް ދަތުރުކުރެއްވީ އޭނާގެ ދާއިމީ ޕާސްޕޯޓާ އެކުގައެއް ނޫން ކަމަށް ޚަބަރު ލިބެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތީހަމަަ ސަރުކާރުންް ރާވައިގެންް އަދީބުއައްް ދޭހަދިޔާާ ރަގަޅައްބަލައިފީވިއްޔާާ އަދީބައްް ފައިސާާ ވެސްދޭނީި ސަރުކާރުންް މިސަރުކާރުގެެ ބޮޑުންް އަދީބުު އާއިި އަލީި ވަހީދުު އާއިި މަހުލޫފާް ސަންސިޔާމުު މެންދެކެެ އެހާބިރުގަންނަަ ސަބަބެއްް ހޯދަންޖެހޭޭ