ރާއްޖޭގެ ބަތަލުން ހޯއްދަވައިދެއްވާފައިވާ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އެގޮތުގައި ދެމެހެއްޓިފައިވޭތޯ، ރައްޔިތުން ސުވާލުކުރަމުންދާކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ހުންނަންޖެހޭ ސިފަތައް ދިވެހި ވެރިންގެ ކިބައިން ނެތި ދިއުމަކީ ހިތާމައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ޚާއްސަ ބައްދަލުވުމަށް ފޮނުއްވި އޯޑިއޯ މެސެޖުގައި ވަހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމިގެ މެސެޖުގައި ވިދާޅުވެފައިވަނީ، ޤައުމަށް މިނިވަންކަން ހޯދައިދެއްވުމަށް ރައީސް އިބްރާހީމް ނާސިރު ކުރެއްވި އަގުނުކުރެވޭފަދަ މަސައްކަތްތަކެއްކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ރައީސް މައުމޫން ކުރެއްވި މަސައްކަަތަށްވެސް ގާސިމް ތައުރީފްކުރެއްވިއެވެ.
މިނިވަންކަން ހޯދައިދެއްވި ބޭފުޅުން ޤައުމަށް ގެނެސްދިން މިނިވަންކަމާއި އިސްތިޤްލާލު އެ ގޮތުގައި އޮތްތޯ ރައްޔިތުން އަހަމުންދާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ޤައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ޚިޔާލުތައް. ތަފާތު މާނައިގައި" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިތުރަށް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލަންޖެހޭކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް ހުންނަންޖެހޭ ސިފަތައް ދިވެހި ވެރިންގެ ކިބައިން ނެތި ދިއުމަކީ ހިތާމައެއްކަމަށެވެ.
ގާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ މިގައުމު މިނިވަންކަންމަތީ ތާއަބަދު ލެހެއްޓެވުން އެދި ދުއާ ދަންނަވަމުންނެވެ.
އަދި މިނިވަންކަން ހޯއްދަވާދެއްވަން ކާބައިންކުރެއްވި މަސައްކަތްތަކަށް އެމަނިކުފާނުވަނީ ތަކުރާރުކޮށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
ދިވެހީންގެ ޤައުމު ދިވެހީންނަށް – މިނިވަންދުވަސް 2023″ ގެ ނަމުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ޓީމްގެ ފަރާތުން ރޭ ބޭއްވެވި ޚާއްސަ ޖަލްސާ ނިންމާލީ ޤައުމީ ސަލާމުން ނިންމަވާލެއްވީ ޤައުމީ ސަލާމުންނެވެ.