18 ޖަނަވަރީ 2025

ރައީސް މައުމޫންގެ ޚާރިޖީ ސިޔާސަތަށް ޤާސިމުގެ ތަޢުރީފް

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ބޭއްވުމަށް، ގެންގުޅުއްވި "ވަކިއަތަކަށް ބުރަނުވާ" ޚާރިޖީ ސިޔާސަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ތަޢުރީފްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ 58 ވަނަ މިނިވަންދުވަސް ފާހަގަކުރަމަށް، "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ޚާއްސަ ބައްދަލުވުމަށް ފޮނުއްވި އޯޑިއޯ މެސެޖުގައި ވަހަކަފުޅު ދައްކަވަމުންނެވެ.

މިނިވަންކަމަށް ކުރެވުނު މަސައްކަތުގައި ރައީސް އިބްރާހީމް ނާޞިރުގެ ފަހަތްޕުޅުން އެކިގޮތްގޮތުން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ މިންވަރު ކޮށްދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނުވަނީ ދުއާ ދަންނަވާފައެވެ.

" ނާސިރު ރާއްޖެ މިނިވަންކުރެއްވި އިރު އޮތް ހާލަތާއި މިހާރު އޮތް ހާލަތާ އެތައް ގޮތަކުން ތަފާތު. އެދުވަހު އެމަނިކުފާނު ހޯއްދަވާދެއްވި މިނިވަންކަން ދިވެހި ދިވެހި ވެރިންގެ ކިބައިން ފިލައިގެންދިޔަކަމީ ހިތާމައިގެ ކޮޅެއްނެތްކަމެއް. ރައީސް މައުމޫނުގެ ޒަަމާނުގައި ހާރިޖީ ވަކި ސިޔާސަތަކަށް ބުރަނުވެ މިނިވަންކަމާއެކު ހިންގި. އެކަމަށް އެމަނިކުފާނަށް ޝުކުރު ހައްގު."

ޤާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ދިވެހިންގެ ގައުމު ދިވެހިންނަށް" މި ޝިއާރުގެ ދަށުން މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމަށް ޖުމްހޫރީ ޕާޓީގެ އުތުރު ކެމްޕެއިން ޓީމްގެ ފަރާތުން އިސްނަގައިގެން ބޭއްވި ހާއްސަ ހަފްލާގައި، އޯޑިއޯ މެސެޖެއް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންގެ ފަހުރުވެރި މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވިއެވެ.

ޤާސިމް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވީ އިރާއި މިހާރާއި އަޅާކިޔައި ވަޒަން ކޮށްލެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"މިނިވަންކަމުގެ ބަތަލުގެ ފަހަށް ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު އެންމެ ފުރިހަމައަށް ދެމެހެއްޓިފައިވޭތޯ ރައްޔިތުން ސުވާލުކުރޭ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އިވެމުންދަނީ ދިވެހިންގެ ގައުމު ދިވެހިންނަށް ލިބެންޖެހޭކަމުގެ ހިޔާލުތައް. ތަފާތު މާނައިގައި."

ޤާސިމް ވިދާޅުވިއެވެ.

"ހުރިހާކަމެއް ފަށަންޖެހުނީ އަލަށް. ރާއްޖެ ދެކެފައިނުވާ އެތައްކަމެއް ތައާރަފްކުރެއްވި. އިޖުތިމާއީ އިގްތިސާދީ އަދި ހިންގުމުގެ ކަންތަކާއި އުމްރާނީ އަދި މުވާސަލާތީ ބަދަލުތައް ގެންނެވި. ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބަދަލުގެނެސްދެއްވި. އެތެރޭގެ މަނުޖެހުންތައް ނައްތާލައި ގައުމު ބައިބައިވުމުން ސަލާމަތްކުރެއްވި. އިގްތިސާދު ހަރުދަނަކުރެއްވި. އެމަނިކުފާނަކީ ވެލާނާ އެއާޕޯޓްގެ މޭސްތިރިޔާ. ނާސިރަކީ ގައުމު މިދެކޭ ޒަމާނީ ތަރައްގީގެ ބިންގާ. މިނިވަންކަމުގެ ބާނީ. "

ޤާސިމް ވިދާޅުވިއެވެ.

ޤާސިމްގެ ވާހަކަފުޅު ނިންމަވާލެއްވީ މިގައުމު މިނިވަންކަންމަތީ ތާއަބަދު ލެހެއްޓެވުން އެދި ދުއާ ދަންނަވަމުންނެވެ.

އަދި މިނިވަންކަން ހޯއްދަވާދެއްވަން ކާބައިންކުރެއްވި މަސައްކަތްތަކަށް އެމަނިކުފާނުވަނީ ތަކުރާރުކޮށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު