Saturday, 13 April 2024

"ޓްވިޓަރ"ގެ ނަން "އެކްސް"އަށް ބަދަލުކޮށް ލޯގޯވެސް އައު ފަރުމާއަކަށް

"ތުރެޑްސް" ލޯންޗްކޮށް ގިނަ ބަޔަކު އެ އެޕްލިކޭޝަން ބޭނުންކުރަން ފެށިތަނާ ޓްވިޓަރ ރީބްރޭންޑްކުރުމަށް ކުރަމުން އަންނަ މަސައްްކަތުގެ ތެރެއިން ޕްލެޓްފޯމްގެ ނަން "އެކްސް" އަށް ބަދަލުކޮށް ޒަމާންވީ "ބާޑް ލޯގޯ"ގެ ބަދަލުގައި، ލޯގޯ އައު ފަރުމާއަކަށް ބަދަލުކޮށް ތައާރަފުކޮށްފިއެވެ.

ޒަމާންވީ ލޯގޯ ހިމޭހެން ޓްވިޓަރގެ ބްރޭންޑިންއަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް މަގުބޫލު މީސްމީޑިއާ ޕްލެޓްފޯމްގެ ވެރިޔާ އެލަން މަސްކު ވަނީ މީގެ ކުރިން ދީފައެވެ.

ދުނިޔޭގައި ތިބި އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ މަސްކު މިފަދަ އިޝާރާތެއް ދީފައިވަނީ ޓްވިޓަރއާ ވާދައަށް "ތުރެޑްސް" ގެ ނަމުގައި މެޓަރ ކުންފުނީގެ ކުޑައިގެދަށުން ހިންގާ އިންސްޓަރގްރާމްއާ އެފިލިއޭޓް މުޅިިން އައު އެޕެއް ލޯންޗުކުރުމުން އެއަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައި ވަނިކޮށެވެ.

"ތުރެޑްސް" އަކީ ޓްވިޓަރއާ ދާދި އެއްގޮތް ފީޗާރތައް ހިމެނޭ އެޕްލިކޭޝަނެއްކަން ފާހަގަ ކުރެވެއެވެ.

"ތުރެޑްސް" އަކީ ޓްވިޓަރއާ ވާދައަށް މެޓާ ޕްލެޓްފޯމްސްއިން ތައާރަފްކުރި ޓެކްސްޓް މެސެޖް ކުރެވޭ އެޕްލިކޭޝަނެއްކަމަށް ފާހަގަވާއިރު، އެއީ ޓްވިޓަރއާ ދާދި އެއްގޮތް ފީޗާރތައް ހިމެނޭ އެޕްލިކޭޝަނެކެވެ.

"ތްރެޑްސް" ތައާރަފްކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުން އެ ޕްލެޓްފޯމަށް ގުޅެމުން އެބަދެއެވެ. އޭގެތެރޭގައި، ޓްވިޓަރ ދޫކޮށް ގުޅުނު އެތައް ބަޔަކުވެސް ހިމެނެއެވެ. މެޓަރގެ ވެރިން "ތްރެޑްސް" ސިފަކުރަނީ، އެ އެޕްލިކޭޝަނަކީ ޓްވިޓަރގެ ބަދަލުގައި ރަގަޅު ގޮތެއް ހޯދައިދިނުމަށް ތައާރަފްކުރި އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

ޓްވިޓަރގައި ހިލޭ ދެމުން އައި ބްލޫ ވެރިފިކޭޝަން ބެޖް، ފައިސާ ދައްކައިގެން ކޮންމެ މީހަކަވެސް ގަނެވޭ ގޮތަށް ޓްވިޓަރ ބްލޫ ސަބްސްކްރިޕްޝަން ތައާރަފުކުރުމަކީ މިފަހަކުން ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *