Thursday, 18 April 2024

ޚާއްޞަ އިނާމާއި، ޙާފިޡުންނަށް ދެއްވާ ޚާއްޞަ މެޑެލް މިއަދު ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ.

އިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

 1. އަލްއުސްތާޛާ ޢާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834
 2. އަޙްމަދު ޝުޖާޢު، ނިޔަމި، ގދ. ފިޔޯރި
 3. އައްޝައިޚް ޙުސައިން ނަޝާޠު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް
 4. އަޙްމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު
 5. ޢާއިޝަތު ރިފްޤާ، ކަނީރުގެ، ރ. ރަސްމާދޫ
 6. އަލްއުސްތާޛް ޒައިފް ޙަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް
 7. އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ
 8. އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ
 9. ލޫޠު އިސްމާޢީލް ޝަފީޤް، ގ. ތުނަ
 10. ޢަލީ އަޙްމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ
 11. މުޙައްމަދު އަރުޝަމް ޙުސައިން، ކަޅިރަވަ، ގއ. ގެމަނަފުށި
 12. އަޙްމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން
 13. އަޒުހާ މުޙައްމަދު ޔޫސުފް، މ. ކަގި
 14. އާމިނަތު އިޙްސާނާ، އިޙްސާން، ރ. ހުޅުދުއްފާރު
 15. ރަނާ މުޙައްމަދު ނަޢީމް، ހ. އާޝިރުވާދު

ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

 1. ޢާއިޝަތު ލައިކާ ޙުސައިން، މ. ހަޒާރީވިލާ
 2. ޢާއިޝަތު މާނިޔާ އާދަމް، ގ. ކޯބިން

ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވަނީ:

 1. ރޮބޯމޭން

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 10 ޙާފިޡުންނަކީ:

 1. އަލްޙާފިޡާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
 2. އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
 3. އަލްޙާފިޡް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
 4. އަލްޙާފިޡާ މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
 5. އަލްޙާފިޡް އަޙްމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
 6. އަލްޙާފިޡް ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
 7. އަލްޙާފިޡާ ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
 8. އަލްޙާފިޡާ ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
 9. އަލްޙާފިޡް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
 10. އަލްޙާފިޡް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *