މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާދަމާއިން ފެށިގެން މާލޭގެ ޖެޓީތައް ބަންދު ކުރަން ނިންމާފައިވާކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، ބަންދުކުރަން ހަމަޖެހިފައިވަނީ ޖެޓީ ނަމްބަރު 1،2،3 ކަމަށާއި، މާދަމާގެ 14:00 އިން ފެށިގެން ހުކުރު ދުވަހުގެ 15:00 މާލޭގެ މި ތިން ޖެޓީ އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.
އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް 14:00 ގެ ކުރިން ނެގުމަށްވެސް މިހާރު ވަނީ އަންގާފައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވާފައިވާއިރު، މިނިވަން ދުވަސް ފާހަގަކުރުުމުގެ ގޮތުން މިރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވާނެއެވެ. އެ ހަރަކާތްތައް ނިމެންދެން އެ ސަރަހައްދުގެ މަގުތައް މިރޭ 18:45 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
ފުލުހުން