23 އެޕްރީލް 2025

‎މާލެ ދޫކޮށް ހިޖުރަކުރާ ފަރާތްތަކަށް ގެދޮރާއި މާލީ އެހީ ދޭން ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމަނައިފި

މާލެ ދޫކޮށް އަތޮޅުތަކަށް ހިޖުރަ ކުރާ ފަރާތްތަކަށް ގެދޮރާއި މާލީ އެހީ ދޭން ދަ ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމަނައިފިއެވެ.

އެ ޕާޓީން ރޭ ތައާރަފް ކުރި ލާ މަރުކަޒީ ބަދަލުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުން، މާލެއަށް ވަސީލަތްތަކާއި ހިދުމަތްތައް މަރުކަޒީވެ އާބާދީ އެކީ ތޮއްޖެހި ދިރިއުޅެން އެކަށީގެންނުވާ ވަރުގެ ތަނަކަށް ބަދަލުވެފައިވާތީ، މި ސިޔާސަތު ހިމަނާފައިވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ގާއިމްކުރުވޭ އާބަން ސެންޓުތަކަށް އުމްރާނީ ތަރައްގީ ފަހިކޮށްދޭނެ ކަމަށް ސިޔާސަތުގައި ބުނެފައި ވެއެވެ. އަދި އެއާއެކު މާލެއަށް ޖަމާވެފައިވާ އޮތް އާބާދީއާއި މަސައްކަތްތަކާއި ވަޒީފާތަކާއި އިމާރާތްތަކާއި ބާރުތައް އާބަން ސެންޓަރުތަކަށް ބަހާލާނެ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.

މީގެ އިތުރުން، މާލެއިން ބޭރަށް ހިޖުރަކުރުމަށް ބާރު އެޅުމަށް ސެޓަލްމަންޓް އެލަވަންސްއަކާއި ބޯހިޔާވަހިކަން ލިބޭނެ ޕްރޮގްރާމެއް ތައާރަފް ކުރާނެ ކަމަށް ސިޔާސަތުގައި ހިމަނާފައިވެއެވެ.

އެ ޕާޓީގެ ސަރުކާރެއް ތަރުތީބުވެގެން އަންނާނީ ކޮންމެ ރަށެއްގެ އިހުތިސާސް އެ ރަށަކަށް ކަށަވަރު ކުރުމުގެ އިތުރަށް އަތޮޅު ދުނިން އެތެރޭގައިވާ ރަށްރަށާއި ބިންބިމާއި ފަޅުރަށްރަށާއި ރުއްގަހާއި ދިރުންތައް ހިމެނޭ ގޮތަށް އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން އެ އަތޮޅުތަކަށް ގާނޫނު އަސާސީގައި ކަނޑައަޅިގެން ބަޔާންކުރެވިގެން ލިބޭނެ ލާމަރުކަޒީ ބަދަލަކާއެކު ކަމަށް ވެސް އެ ޕާޓީން ހާމަކުރެއެވެ.

"ބަޖެޓުން އެތިކޮޅެއް އެކަނި ބެހުމުގެ ބަދަލުގައި މަސައްކަތްތަކާއި އާބާދީއާއި ވަޒީފާތަކާއި މުވައްޒަފުންނާއި އިމާރާތްތަކާއި އަދި ބާރުވެސް ގާނޫނުގައި ލިޔެވިގެން ލާމަރުކަޒު ކުރެވޭނެ އެވެ"

ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމަނާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު