ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަދުދެއްވައިފި

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 17 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

މިއަދު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 4 ބޭފުޅުންނާއި، ކުންފުންޏަކީ:

  1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން: އައްޝައިޚް އަޙްމަދު ފަހުމީދީދީ، ގ.ސިނަމާލެ 1 13-01
  2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން- ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ
  3. ފަތުރުވެރިކަމުގެ ދާއިރާއިން- ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  4. ދަތުރުފަތުރުގެ ދާއިރާއިން- ކެޕްޓަން އަޙްމަދު ޒުބައިރު، މ. މޯނިންގވިލެޖް
  5. ކުޅިވަރުގެ ދާއިރާއިން- މައިޒާން ޢަލީމަނިކު، ހ. އިސްދޫ

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 17 ބޭފުޅުންނާއި، ޖަމުޢިއްޔާއަކީ:

  1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނުމާއި، އުނގަންނައިދިނުމުގެ ރޮނގުން. އަލްޤާރީ އިބްރާހީމް ރަމްޒީ، ހިޔާ، ށ.ފުނަދޫ
  2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުން: އައްޝައިޚް ޙަސަން ލަޠީފް މޫސާ، ހިކަދިގަސްދޮށުގެ، ސ.ހިތަދޫ
  3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން: ޢަލީ އަމީރު، ލަކީސްޓާރ، ދ.ބަނޑިދޫ
  4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން. ފާރޫޤު އަޙްމަދު ކްރެޝެންޓްވިލާ، ހދ. ފިނޭ
  5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާކުރުމުގެ ރޮނގުން. ލިޔުންތެރިންގެ ގުޅުން
  6. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން؛ އިހުގެ ފަންނުތައް ދިރުވައި، އާލާކުރުމުގެ ރޮނގުން. ޢަބްދުއްޞަމަދު ޢަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް
  7. ތަޢުލީމީ ދާއިރާއިން:ތަޢުލީމު އުނގަންނައިދިނުމުގެ ރޮނގުން: މުޙައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި
  8. މަސްވެރިކަމުގެ ދާއިރާއިން؛ ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ
  9. ފަތުރުވެރިކަމުގެ ދާއިރާއިން؛ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި، ދިވެހީން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން: ޙަސަން ސަޢީދު، މާދަޑު. އެއްގަމިގެ، ޏ. ފުވައްމުލައް
  10. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ދެމެހެއްޓެނިވި ގޮތެއްގައި ވަޒީފާގެ ފުރުޞަތުތައް ޤާއިމުކޮށްދީ، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ ރޮނގުން. ޝިޔާމާ އަޙްމަދު, މ. ކަރޭޖް
  11. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން: ކެޑޭޓް މޭޖަރ ޔާސިރު މުޙައްމަދު، މައިދާން، ޅ. ނައިފަރު
  12. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މަޢުލޫމާތު ފެތުރުމުގެ ރޮނގުން: ޝިފްޒާ މުޞްޠަފާ، މާދަޑު. އާސާން، ޏ. ފުވައްމުލައް
  13. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މަޢުލޫމާތު ފެތުރުމުގެ ރޮނގުން: އަޙްމަދު މުޙްސިން، ގުލްފާމްގެ، ހދ. ނައިވާދޫ
  14. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން: އަޙްމަދު ސަލީމް، މ. ކުނޑި
  15. ކަލިނަރީ އާޓްސްގެ ދާއިރާއިން؛ އާމިނަތު ޝާނީ، މ. ތަރިވިދާގެ
  16. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން) ރޮނގުން. އަޙްމަދު ޢަޒުމީ ޙަލީމް، މ. ހަރްމަލްގެ
  17. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ ރޭޑިއޯ ޑްރާމާކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން: މުޙައްމަދު ނިހާން ނަޞީރު، ހ. ސޯފިޔާ
  18. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ސާޖަންޓު ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ، ނ.ޅޮހި

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު