އައްޑޫ ސިޓީ އަށް އިންޤިލާބީ ބަދަލެއް ގެންނަވާނެ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުތަކުގައެވެ.
ފައިސަލް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިހާާރު ކުރަމުންދާ މަސައްކަތްތަކަކީ އިންގިލާބީ ބަދަލުތަކެއް ކަމަށާއި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް އަދި ސަރަހައްދުން ވެސް އެ ހޮސްޕިޓަލަށް ފަސޭހައިން އާދެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ގެނެވޭ ކަންކަމުން، ބިން ބޮޑުކުރުމާއި އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓުގެ މަސައްކަތްތަކާއި ޓުއަރިޒަމް ފުޅާވެގެން ދިއުމާއި ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓައި ކުރެވޭ މަސައްކަތްތަކާއި ސިއްހީ ދާއިރާ ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިންގިލާބީ ބަދަލުތަކެއް އިރާދަ ކުރެއްވިއްޔާ އައްޑޫގެ ތަރައްގީއަށް ގެނެވޭނެ.".
ނައިބް ރައީސް ފައިސަލް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އަދި އިންސާނުންގެ މައްޗަށް އޮތް ގޮތަކީ ރަނގަޅު ގޮތުގެ މައްޗަށް ނުރަނގަޅު ގޮތް އިޚްތިޔާތު ނުކުރުން ކަމަށާއި، އަދި އިސްލާމް ދީނުގައި ވެސް ކަނޑައެޅިގެން ބާރު އަޅުއްވާފައި އޮންނަނީ އެގޮތަށް ކަަމަށްވެސް ވިދާޅުވިއެވެ.
އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ގައުމުގެ ތަރައްގީ ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.