އިންސާނާގެ ޙަޤީޤީ މިނިވަންކަންވަނީ ﷲ ގެ އަޅުވެތިކަމުގައި ކަމަށް އައްޝެއިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.
ޝެއިޚްކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ންސާނާގެ ޙަޤީޤީ މިނިވަންކަންވަނީ ﷲ ގެ އަޅުވެތިކަމުގައި ކަމަށާއި، ނަފްސު އެހެން ހުރިހާ ކަސްތޮޅަކުން މިންޖުވެ ﷲ އަށް ފުރިހަމައަށް އަޅުވެތިވުމުގެ މިނިވަންކަން އިޙްސާސްކުރެވިގެން މެނުވީ ޙަޤީޤީ މިނިވަންކަމުގެ ރަހަ އިންސާނާގެ ކަރުގައި ދުވަހަކުވެސް ނުލާނެ ކަމަށެވެ.
"އިންސާނާގެ ޙަޤީޤީ މިނިވަންކަންވަނީ ﷲ ގެ އަޅުވެތިކަމުގައެވެ. ނަފްސު އެހެން ހުރިހާ ކަސްތޮޅަކުން މިންޖުވެ ﷲ އަށް ފުރިހަމައަށް އަޅުވެތިވުމުގެ މިނިވަންކަން އިޙްސާސްކުރެވިގެން މެނުވީ ޙަޤީޤީ މިނިވަންކަމުގެ ރަހަ އިންސާނާގެ ކަރުގައި ދުވަހަކުވެސް ނުލާނެއެވެ."
ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.
ޝެއިޚް ކުރައްވާފައިވާ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޙަޤީޤީ މިނިވަންކަމަކީ ތައުޙީދު ފުރިހަމަވުން ކަމަށެެވެ. އަދި ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ތަކެތީން މީހާގެ ނަފްސު މިނިވަންކޮށް ހަމައެކަނި އެއްކައުވަންތަ ﷲ އަށް މުޅި ޙަޔާތް ޚާލިޞްކުރުމަށް ވެސް ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.
"ޙަޤީޤީ މިނިވަންކަމަކީ ތައުޙީދު ފުރިހަމަވުމެވެ. ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ތަކެތީން މީހާގެ ނަފްސު މިނިވަންކޮށް ހަމައެކަނި އެއްކައުވަންތަ ﷲ އަށް މުޅި ޙަޔާތް ޚާލިޞްކުރުމެވެ."
ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.
ޝެއިޚް މިހެން ވިދާޅުވެފައިވާއިރު، އިއްޔެއަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހެވެ. މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.