Sunday, 06 October 2024

ޤާނޫނަށް ތަބާ ނުވާ 1989 ޖަމްޢިއްޔާއެއް، އިސްލާޙް ނުކުރާނަމަ އުވާލަނީ

ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމްޢިއްޔާތަކަށް ފުރުސަތެއް ދީ، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ އެ ޖަމްޢިއްޔާތައް އުވާލަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށާއި އުވާލަން ނިންމާފައިވާ ޖަމްޢިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.

އިއުލާނުގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އުވާލުން ހުއްޓުވުމަށް އެދޭ ޖަމިއްޔާއަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ޖަމިއްޔާ އުވާލުން ހުއްޓުވުމަށް އެދޭނަމަ 24 ސެޕްޓެމްބަރުގެ 14:00 އާއި ހަމައަށް އެކަން ލިޔުމުން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ފުރުސަތުދީފައިވާއިރު، މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، 25 ސެޕްޓެމްބަރުން ފެށިގެން ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަކީ ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭ ސާބަހަށް ކޮށްދޭ ޖަމިއްޔާތަކެއް ނަމަވެސް ބައެއް ޖަމިއްޔާތަކުން ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ ބަޔާން ކުރާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަ ނާޅާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު