18 ޖަނަވަރީ 2025
ފޮޓޯ: އެމްޑީޕީހަނަފީ އެމްޑީޕީއަށް

ހަނަފީ އެމްޑީޕީއަށް، ޖޭޕީއާ ދުރަށް!

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުގައި ހުންނެވި، މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.

އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ފޯމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއާ ހަވާލު ކުރައްވާފައެވެ.

ހަނަފީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރ 23 ވަނަ ދުވަހު ޖޭޕީގެ ހުށަހެޅުއްވުމަކަށެވެ. ރިޔާސީ ކެމްޕެއިންގެ ފޯރިގަދަވާން ފަށާފައިވަނިކޮށް، ހަނަފީ ވަނީ މިދިޔަ މާޗު މަހު ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައި ރައީސް ޞާލިހަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވަން ނިންމަވާފައެވެ.

ހަނަފީ، ރައީސް ޞާލިހަށް ތާއި=ީދު ކުރެއްވުމުގެ ކުރިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ވެސް އުޅުއްވިއެވެ. ނަމަވެސް، އެ ކަންވެސް އޭނާ ދޫކޮށްލައްވާ، މަޤާމަށްޓަކައި ޖޭޕީއާ ދުރަށް ޖެހިވަޑައިގަތީ ކަމަށް ޖޭޕީގެ މެންބަރުން ތުހުމަތު ކުރެއެވެ.

ނިމިދިޔަ ޖޭޕީގެ ކޮންގްރެސްގައި އޭނާ ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަމަށް ވެސް ވާދަ ކުރެއްވިނަމަވެސް އެ މަގާމަށް އޭނާ ހޮވިފައެއް ނުވެއެވެ.

ހަނަފީ އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑައިރެކްޓަރ އޮފް ސޭލްސްގެ މަޤާމާއި، އަލްބަޓްރޮސް އިންޓަނޭޝަނަލްގެ ސީއީއޯ ކަމާއި، ހައިޕް މީޑިއާގެ ސީއޯއޯ ކަން ހިމެނެއެވެ.

ހަނަފީގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް މެންބަރުން ދަނީ އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅެމުންނެވެ. އަދި ބައެއް ބޭފުޅުން ޖޭޕީގެ ނަމެއްގައި ތިއްބަވައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޞާލިހުގެ ކެމްޕޭންގައެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އަދި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑަައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު