Saturday, 13 April 2024

ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ

އަމީނީ މަގުން މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގައި ސްކޫލު ހުޅުވަން ވާއިރަށް ތާރު އަޅައި ނިންމާނެ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިލަބޮންގް ސްކޫލު ސަރަހައްދުން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޭބީސީ ލޭޔަރު އަޅައި މިއަދު ނިންމާނެ ކަމަށެވެ. އޭގެފަހުން، ދެ ތިން ދުވަހެއްގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 ތާރު އަޅައި ނިންމުމަށް ފަހު، އަންނަ މަހުގެ ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން، އަމީނީ މަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ހުޅުވާލާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެ މަގުތައް ހުޅުވާލުމުން، އަމީނީ މަގުގެ ބޮޑުބައިގައި ތާރު އަޅައި ނިމޭނެއެވެ. އަދި އޮންނާނީ ފުލުހުންގެ އިސްކަންދަރު ކޮށިން ފެށިގެން ދިރާގު ހެޑް އޮފީހާ ހިސާބަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ހައުސިންގ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *