އަސްކަރީ ބަޣާވަތަކުން ހައްޔަރުކޮށްފައިވާ ނައިޖަރުގެ ރައީސް ދޫކޮށްލުމަށް ސައުދީޢަރަބިއްޔާއިން ގޮވާލައިފިއެވެ.
އަސްކަރީ ބަޣާވާތެއް ގެނެސް ވެރިކަމުންް ދުރުކޮށްފައިވާ، ނައިޖަރުގެ ރައީސް މުޙައްމަދު ބަޒުއޮމް ގެ ކަންތައްތައް ގާތުން ބައްލަވަމުންދާކަމަށް ވިދާޅުވެ، އޭނާ ވެރިކަމުން ދުރުކުރުމަށް ހިންގި ބަޣާވާތް ބަލައި ނުގަންނާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކުރައްވާއެވެ. އަދި ޤާނޫނީ ވެރިކަމެއް، ޤާނޫނީ އިމުން ބޭރުން ދުރުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ނައިޖަރުގެ ސިޔާސީ މަސްރަޙާމެދު ކަންބޮޑު ވާކަން ހާމަކުރައްވާފައިވެއެވެ.
"އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލަން، އަދި އެއްވެސް ޝަރުޠަކާ ނުލައި އޭނާއާ ވެރިކަން ޙަވާލުކުރުމަށްވެސް ގޮވާލަން، އޭނާއަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމަށްވެސް ގޮވާލަން."
ސައުދީގެ ފޮރިންގ މިނިސްޓްރީ ބުނެފައިވެއެވެ.
ނައިޖަރުގެ ސިޔާސީ މަސްރަޙް ހަމަޖެހުމަކަށް ގެނެސް، އާންމު ރައްޔިތުންގެ މަސްލަޙަތު އިސްކުރުމަށްވެސް ސައުދީއިން ގޮވާލާފައިވެއެވެ.