އައިސް ރޯޒް ގްރީން ޓީއަކީ ހޫނު ގަދަ ދުވަސްދުވަހު ބޯލަން ވަރަށް ކަމުދާނެ ބުއިމެކެވެ. ހޫނުގެ އަސަރުން ލިބޭ ވަރުބަލިކަމާއި، ކަރުހިއްކުން ފިލުވާލުމަށް މިވަރުގެ ބުއިމެއް ނުހެދޭނެއޭ ވެސް ބުނެވިދާނެއެވެ.
ބޭނުންވާ ތަކެތި
ރޯޒް ގްރީން ޓީ ހެދުމަށް ބޭނުން ވަނީ، 1 ލީޓަރުގެ ފެން، 2 ސައިސަމުސާ ގްރީން ޓީ (ނުވަތަ 2 ޕެކެޓް ގްރީން ޓީ)، 2 ސައިސަމުސާ ހިކިފިނިފެންމަލުގެ ފިޔަ، 2 ސައިސަމުސާ ރޯޒް ވޯޓަރ، ފްރުޓް ސްވިޓްނަރ، 3 ސައިސަމުސާ ލެމަން ޖޫސް، ހަކުރު އަދި އައިސްކޮޅެކެވެ.
ހަނދާނެ ގޮތް
ފުރަތަމަ ފެންފޮދު ކައްކަލާށެވެ. ފެން ކެކި ގަތުމުން، ގްރީން ޓީ އާއި، ފިނިފެންމާ ފިޔަތައް އަދި ފްރުޓް ސްވިޓްނަރ ފެނުގެ ތެރެއަށް އަޅާށެވެ. ފޮނިރަހަލާ ވަރަަށް ހަކުރު އެޅުމަށްފަހު، ހަކުރުތައް ގިރިގެން ދަންދެން ކައްކާލާށެވެ. ފެން ކެއްކި އެތީގެ މަތި ބަންދުކޮށް ހިހޫ ވަންދެން 30 މިނެޓް ވަންދެން ބަހައްޓާށެވެ. ރަނގަޅަށް ހިހޫ ވުމުން، ރަނގަޅަށް ފުރާނާލައި، ރޯޒް ވޯޓާއާއި ލެމަން ޖޫސްފޮދު އަޅާލާށެވެ. އެއަށްފަހު ދެތިން ގަޑިއިރުވަންދެން ބަހައްޓާލާށެވެ. ބޯން ފެށުމުގެ ކުރިން އައިސްކޮޅު އަޅާލާށެވެ.
މިއީ ހުކުރު ދުވަހުގެ މެންދުރު ސުފުރާމަތި ފަޅުފިލުވާލައި، ދުވަހުގެ ތާޒާކަން އިތުރުކޮލަން މީރު ބުއިމަކަށް ވާނެއެވެ. އަޖުމަ ބަލާލަމާ ހިނގާށެވެ.