Saturday, 13 April 2024

ސަލަފް ޖަމްއިއްޔާ އުވާލަން ނިންމުމުން، ސަލަފްގެ ނުރުން!

ޖަމިއްޔާތަކާބެހޭ ގާނޫނާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމްޢިއްޔާތަކަށް ފުރުސަތެއް ދީ، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާނަމަ އެ ޖަމްޢިއްޔާތައް އުވާލަން ނިންމައި އާންމުކުރި ލިސްޓްގައި ސަލަފް ޖަމްޢިއްޔާވެސް ހިމެނިއްޖެއެވެ. އެކަމާ ނުރުހުން ފާޅުކޮށް ސަލަފް ޖަމްޢިއްޔާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލިޔެކިޔުންތައް ފުރިހަމަނުވުުގެ ސަބަބުން 1،989 ޖަމިއްޔާއެއް އުވާލަން ނިންމާފައިވާ ކަމަށާއި އުވާލަން ނިންމާފައިވާ ޖަމްޢިއްޔާތަކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ އުވާލުމަށްޓަކައި ލިސްޓް ކުރެވިފައިވާ ޖަމްޢިއްޔާތައް ކަމަށެވެ.

އިއުލާނުގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން އުވާލުން ހުއްޓުވުމަށް އެދޭ ޖަމިއްޔާއަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ޖަމިއްޔާ އުވާލުން ހުއްޓުވުމަށް އެދޭނަމަ 24 ސެޕްޓެމްބަރުގެ 14:00 އާއި ހަމައަށް އެކަން ލިޔުމުން ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ފުރުސަތުދީފައިވާއިރު، މިތާރީހާ ހަމައަށް ލިޔުމުން ހުށަނާޅާ ޖަމިއްޔާތައް، 25 ސެޕްޓެމްބަރުން ފެށިގެން ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރެވޭނެ ކަމަށް އެމިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ޔޫތް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރު ކުރަމުންދާ ސަލަފް ޖަމިއްޔާ އުވާލަން ނިންމީ ބަލަން ވާ ވަރަށް ނުބަލާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ވަނީ ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ ސަލަފް ހިމެނޭހެން 1989 ޖަމިއްޔާ އުވާލަން ލިސްޓު ކޮށްފައެވެ.

އެކަމާއި ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު އެންމެ ފަހުން ޔޫތު މިނިސްޓްރީން ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމްޢިއްޔާ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ މޭއި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި ފާއިތުވި 2 އަހަރުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

އެހެނެވެ، އެ ޖަމިއްޔާ އުވާލަން މިނިސްޓްރީން ނިންމީ ބަލަންވާ ވަރަށް ނުބަލާ ކަމަށް ސަލަފުން ވަނީ ހާމަކޮށްފައެވެ.

"ވީމާ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އުވާލަން ލިސްޓް ކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުއް ސަލަފްގެ ނަން ހިމަނާފައިވަނީ، ޖަމިއްޔާތަކުގެ ބެލެނިވެރިކަން މަތިކުރެވިފައިވާ ވުޒާރާގެ ހައިސިއްޔަތުން ބައްލަވަންވާ ވަރަށް ނުބައްލަވާ ކަމުގައި ހިތާމައާއެކު ދަންނަވަން" ސަލަފުގެ ބަޔާނުގައި ވެއެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި އިޖުތިމާއީ އެތައް ކަމެއްގައި ހިލޭ ސާބަހަށް މުޖުތަމައުއަށް ހިދުމަތް ކުރަމުންދާ އެތައް ސަތޭކަ ޖަމިއްޔާއެއް އުވާލަން ސަރުކާރުން ނިންމި ނިންމުމާއި މެދު ކަންބޮޑުވާ ކަމަށް ވެސް ސަލަފުން ވަނީ ބުނެފައެވެ.

މިނިސްޓްރީން ކޮށްފައިވާ އިޢުލާނާ ގުޅިގެން، މިނިސްޓަރ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަމްޢިއްޔާތައް އުވާލަން އުޅޭކަންވެސް ފެނިވަޑައިގަތީ ނޫސްތަކުން ކަމަށާއި، އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާރގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭކަމަށެވެ.

މިނިސްޓަރ މަޚްލޫފް އިތުރަށް ވިދާޅުވީ، އުވާލަން ނިންމި ޖަމްޢިއްޔާތަކުގެ ލިސްޓްގައި، ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ހިމެނޭ ކަމަށާއި، މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ ލިބިވަޑައިގަންނަވާފައި ކަމަށެވެ.

"މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ."

މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

ގުޅުން ހުރި ޚަބަރުތައް:

1978 ޖަމްޢިއްޔާ އުވާލަން ނިންމީ، މިނިސްޓަރަށް ނާންގައި!

ޤާނޫނަށް ތަބާ ނުވާ 1989 ޖަމްޢިއްޔާއެއް، އިސްލާޙް ނުކުރާނަމަ އުވާލަނީ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިޔައީ އަސްލުގައިވެސް އުވާލަންޖެހޭ ޚަލަފް ޖަމިއްޔާއެކެވެ. މުޅި ރާއްޖޭގައި މިމީހުން ޚަވާރިޖް ފިކުރު ފެތުރުން ނޫންކަމެއް މި ބައިމީހުން ނުކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *