Tuesday, 23 July 2024

މިނިވަން ދުވަހުގެ ފުޅަނދުބުރު ބާއްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރެއް ބާއްވައިފިއެވެ.

 

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުޅަނދު ބުރު ބައްލަވާލެއްވީ ޢިއްޒުއްދީން ފާލަން ކުރިމަތިންނެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމުކޮށްގެން ބޭއްވި މި ފުޅަނދުބުރުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިކޮށްފައިވެއެވެ.

މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތަކާއި، ކުޑަކުދިންނާއި ގުޅޭ ތަފާތު ފުޅަނދުތަކާއ،ި އެކި ކުލަތަކުން ދިއްލާލާފައި ފުޅަނދުތައް ހިމެނެއެވެ. ފުޅަނދުތައް މާލޭގެ އެކި ސަރަހައްދުތަކުން ދަތުރުކުރާމުންދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ އުފާވެރި މަންޒަރު ބަލާލުމަށް މަގުތަކަށް އެއްވިއެވެ.

އެކި ތީމްތަކަށް ހަދާފައިވާ ފުޅަނދުތައް ކުރިއަށްދިޔައިރު ފުޅަނދުތަކުގެ ބައިވެރިންގެ ފަރާތުން ތަފާތު ހަރަކާތްތައްވެސް ދިޔައީ ހުށަހަޅަމުންނެވެ. އަދި އުފާވެރިކަމާއި އެއްބައިވަންތަ މާހައުލެއް ފެނިގެންދިޔަ ފުޅަނދުބުރު ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ތަރުހީބު ލިބިގެންދިޔަ ކާޓޫން ކެރެކްޓަރސްތަކާއެކު ފޮޓޯ ނެގުންވެސް ކުރިއަށް ގެންދިޔައެވެ.

ފުޅަނދުބުރު ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ފުޅަނދު ބުރު ބަލާލުމަށް ގިނަ ޢަދަދެއްގެ ޢާންމުން ވެސް މާލޭގެ ބޮޑެތި މަގުތަކަށް ނުކުމެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު