15 ޖަނަވަރީ 2025
މާލޭގައި ރޭ ކުރިއަށްދިޔަ ފުޅަނދުބުރު، ފޮޓޯ: ފިޔަ އޮންލައިން

ފުޅަނދުތައް ދައްކާލުން މިރޭ ހުޅުމާލޭގައި

މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން ހުޅުމާލޭގައި މިރޭ އޮންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މާލޭގައި ރޭ ކުރިއަށްދިޔަ ފުޅަނދުބުރުގެ ފުޅަނދުތައް ހުޅުމާލޭގައި ދައްކާލަން ބެހެއްޓުމަށް ކުރިން ނިންމާފައިވަނީ މިއަދު ހަވީރުކަމުގައިވިޔަސް މިރެއަށް މިހާރު ވަނީ ފަސްކޮށްފިައެވެ.

މިނިވަން ދުވަހުގެ ޙަރަކާތްތައް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވަނީ ހޯމް މިނިސްޓްރީންނެވެ. ހޯމް މިނިސްްޓްރީން ވިދާޅުވީ ފުޅަނދުތައް ދައްކާލަށް މިހާރު ހަމަޖެހިފައި އޮތީ މިރޭ 8:30 ގައި ސެންޓްރަލް ޕާކުގައިކަމަށެވެ.

ހަަމައެހެންމެ، މާދަމާ ހަވީރާއި މާދަމާރޭވެސް ފުޅަނދުތައް ދައްކާލުން ހުޅުމާލޭގައި ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން ނުވަދިހައިގެ އަހަރުތަކުން ފެށިގެން، ސަރުކާރުން މާލޭގައި ބާއްވަވަމުން އަންނަ ފުޅަނދުބުރުގައި، މިއަހަރު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ހިމެނޭހެން 8 އިދާރާއަކުން ޖުމްލަ 15 ފުޅަނދު ބައިވެރިވެފައިވާއިރު، މި ފުޅަނދުބުރުގައި ބައިވެރިކުރި ފުޅަނދުތަކުގެ ތެރޭގައި އާއްމުންގެ ސަމާލުކަން ލިބޭފަދަ ތަފާތު ފުޅަނދުތައް ހިމެނެއެވެ. ހަމައެހެންމެ، ކުޑަކުދިންނާއި ގުޅޭ ތަފާތު ފުޅަނދުތަކާއި، އެކި ކުލަތަކުން ދިއްލާލާފައި ފުޅަނދުތައް ހިމެނެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުން ރޭ ފުޅަނދުތައް ދަތުރުކުރާމުންދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ހިތްގާއިމު މަންޒަރު ބަލާލުމަށް މަގުތަކަށް ޖަމާވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަބަލުންނާއި، ވަޒީރުންނާއި، ޢިއްޒަތްތެރިންނާ ފުޅަނދުބުރު ބައްލަވާލެއްވުމަށް ނިކުމެވަޑައިގެން، ޢިއްޒުއްދީން ފާލަން ކުރިމަތީ މަޑުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު