ޒިންމާ އަދާ ކުރަން ނުކުޅުދޭނަމަ ކުޅެދޭ ފަރާތަކާއި ޙަވާލުކޮށްފައި އެއްފަރާތަށް ޖެހުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެ މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް އެޑިޔުކޭޝަން މިނިސްޓަރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޑރ. އިޔާޒް ހިތްހަމަ ނުޖެހުން ފާޅުކުރެއްވީ، މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭ ގޮތަށް ހަމަޖެއްސުމުން ކުރެއްވި ޓުވިޓެއްގައެވެ.
ޑރ. އިޔާޒް ވިދާޅުވީ ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބަޔެއްކަމަށާއިމ ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢުވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި ވާންޖެހޭކަމަށް އިޔާޒު ވިދާޅުވިއެވެ.
މިކަން ކުރުމަށް ނުކުޅެދޭނަމަ, ކުޅެދޭ ފަރާތަކާއި ޙަވާލުކޮށްފައި އެއްފަރާތަށް ޖެހުމަކީ އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށްވެސް މަސްހޫރު ދީނީ ޢިލްވެރިޔާ ޑރ. އިޔާޒް ވިދާޅުވިއެވެ.
ދަރިވަރުންނަށް އުނގަންނައިދިނުމަށް އަންނަ ފަރާތަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ނަމޫނާ އަކަށްވާންޖެހޭ ބަޔެއް. އެހެންކަމުން, ހުރިހާ ޓީޗަރުންނަކީ އަދި ހުރިހާ ދަރިވަރުންގެ މަންމަ ކަމުގައި ދަޢްވާކުރާ ފަރާތަކީ އިސްލާމީ ގިޔުގަނޑަށް ފެތޭގޮތަށް ހެދުން އަޅައިގެން ތިބޭ ބަޔަކުކަމުގައި…
— Dr.Mohamed Iyaz (@dr_iyaz) July 28, 2023
މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލު ގެޒެޓްކޮށް އަމަލުކުރަންފަށާފައިވާއިރު، މި ޤަވާއިދަކީ ރާއްޖޭގެ ސުކޫލުތަކާއި ސުކޫލުތައް ފިޔަވައި ރާއްޖޭގައި ހިންގާ ތައުލީމުދޭ އެނޫންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަމާއި މަސައްކަތުގެ އަހުލާގު ބަޔާންކޮށްދީ މުދައްރިސުންނަކީ ފަންނީ ގޮތުން ކުރިއަރަމުން އަންނަ ބަޔަކަށް ހެދުމަށް އެކުލަވާލި ގަވާއިދެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
އެ މިންގަނޑުގައި ބުނެފައި ވަނީ، އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށްކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އުސޫލުގެ މަޤްސަދަކީ މުުދައްރިސުންގެ ފަންނީ އަޚްލާޤީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކު ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށެވެ.
މިގެނައި ބަދަލާއެކު ގިނަ މުދައްރިސުންނާއި ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ތަޢުލީމީ ވުޒާރާއަށް ބަހުގެ ޙަމަލާތައް ރައްދުކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އެޑިއުކޭޝަން މިނިޝްޓަރު ހެދުން އަޅާގޮތަށް ހެދުން އަޅުވަން ބޭނުންވަނީ،ޓީޗަރުންނާއި، ޢިލްމުވެރިން ކަންބޮޑުވިޔަސް މިސަރުކާރުން ކަންތައް ކުރާނީ އެގޮތަށް.
ސަރުކާރު ބަދަލުވިއަސް މިކަން އޮންނާނީ މިހެން. އެތާ ތިބެމީހުންނަށް ފެންނަނީ ކާފަރު ގައުމުތަކުގެ ފަލްސްފާ ވިއްޔާ.