18 ޖަނަވަރީ 2025

އަފްޣާނިސްތާނުގައި ހުރި ބިއުޓީ ސެލޫންތައް ބަންދުކުރަނީ

އަފްޣާނިސްތާނުގައި ހުރި ބިއުޓީ ސެލޫންތައް ބަންދުކުރަން އަފްޣާނިސްތާނު ސަރުކާރުން ނިންމައިފިއެވެ.

ޠާލިބާނުންގެ ވެރިކަމުގައި އެ ޤައުމުގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކޮށްފައިވާއިރު، ޚާއްސަކޮށް އަންހެނުންނަށް ލިބިދޭންޖެހޭ އެތައް ޙައްޤެއް ނިގުޅައި ގަންނަމުން ގޮސް، މިހާރު އަންހެނުންގެ ބިއުޓީ ސެލޫންތައް ބައްދުކުރުމަށް އަފްޣާން ސަރުކާރުން ނިންމާފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފައެެވެ.

ބުރާސްފަތި ދުވަހު އެ ޤައުމުގެ ސަރުކާރުން ހާމަކޮށް، ސެލޫންތައް ބަންދުކުރުމަށް އެއް މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު، މިކަމާ ހިތްހަމަ ނުޖެހިގެން މުޒާހަރާތައް ކުރަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ސެލޫންތަކުން ޚިދުމަތް ލިބިގަތުމަށް ފައިސާ ދައްކައި ބުކިން ހަދާފައިވާ ގިނަ ފަރާތްތަކެއް ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާއިރު، އެ ޤައުމަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުންވެސް ދަނީ އެކަަމަށް ފާޑުކިޔައި އަޑުއުފުލަމުންނެވެ.

ސެލޫންތައް ބަންދުކުރުމަށް ނިންމާފައިވަނީ އެކަމަކީ އިސްލާމްދީނުގެ އުސޫލާ ޚިލާފުކަމެއް ކަމަށް ބުނެއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބުނަމުންދަނީ އިސްތައްޓަށް އާޓިފިޝަލް ސްޓައިލްތައް ގެނައުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށާއި، ޤުދުރަތީ އިސްތަށިގަނޑު ބެހެއްޓުން ނޫން ގޮތެއް ދީނުގައި ނޯންނަކަަމަށެވެ.

2021 ވަނަ އަހަރު ޠާލިބާނުން ވެރިކަމާ ހަވާލުވުމަށްފަހު، ތަޢާރަފް ކުރަމުންދާ ހަރުކަށި އުސޫލުތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ފާޑުކިޔުންތައްް ވަނީ އަފްޣާން ސަރުކާރަށް އަމާޒުވެފައެވެެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު