15 ޖަނަވަރީ 2025

މިނިވަން އުފާ ކާނިވާ ފަސްކޮށްފި

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ބާރު ރޯގާއެއް ފެތުރެމުން ދާތީ މިރޭ ބާއްވަން ނިންމި މިނިވަން އުފާ ކާނިވަލް ފަސްކޮށްފިއެވެ.

ކުޑަކުދިން ހޮޑުލެވޭ ރޯގާއެއް މާލޭ ސަރަހައްދުގައި ފެތުރި، އައިޖީއެމްއެޗްއާއި އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީގައި އެތައް ބަޔަކަށް ފަރުވާ ދެމުން އެބަދެއެވެ. އަދި ރެއިން ފެށިގެން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއަށް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ގެންގޮސްފައިވާކަމަަށް މަޢުލޫމާތު ލިބެއެވެ.

ހޯމް މިނިސްޓްރީން މީގެ އިރުކޮޅެއް ހާމާކުރެއްވީ، މިނިވަން އުފާ ކާނިވާ ފަސް ކުރަން ނިންމާފައި ވަނީ މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ.

އަދި ކާނިވާ ހުޅުވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އާއި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުން އެދެން".

އިމްރާން ވިދާޅުވިއެވެ.

މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތެރިވަމުންދާ އާރބަންކޯއިންވެސް ވަނީ އެޗްޕީއޭގެ ލަފާގެ މަތިން މިނިވަން އުފާ ކާނިވާ ހުޅުވުން ފަސް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު: https://fiyaonline.com/59861

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު