މި އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފިއެވެ.
އޭނާގެ ކެމްޕެއިނާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އުމަރު ވިދާޅުވީ، އީސީން ކެންޑިޑޭޓުންގެ ސޮއި ހޯދުމަށް އިއުލާނު ކުރުމާއި ގުޅިގެން ސޮއި ހޯދުމުގެ މަސައްކަތްކޮށް، ފަސް ވަނަ ދުވަހަށް އައިއިރު 2،000 ސޮއިހަމަ ކޮށްފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ، އޭނާއަށް ސޮއި ދޭން ވަރަށް ގިނަބަޔަކު މެސެޖްކޮށް ގުޅާވެސް ހެދި ކަމަށާއި، އަދި މި ކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ކެމްޕެއިނަކަށްވުރެ ބޮޑަށް ހަަރަކާތެކޭ، މިއީ މޫވްމެންޓަކަށް ބަދަލުވެއްޖެ، ވަރަށް ގިނަ އަދަދެއްގެ އާއްމުން މީގައި ބައިވެރިވެ މި ހުދު ވަލުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި، ހިފައިގެން ކޮންމެ ބަޔަކުވެސް އެ ބަޔަކަށް ކުރެވޭ މަސައްކަތެއް ކުރަމުން މި ދަނީ.".
އަދި މިއީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނެވި ބޭފުޅަކު ބަދަލު ކުރުމަށް ހިންގާ ކެމްޕެއިނެއް ނޫން ކަމަށާއި މިއީ މި ގައުމުގެ މިސްރާބު ބަދަލު ކުރަން ހިންގާ ކެމްޕެއިނެއް ކަމަށް އުމަރު ވިދާޅުވިއެވެ.