Friday, 11 October 2024

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބު ކަށަވަރުކުރައްވައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުން، އެ ޕާޓީގެ ރިޔާސީ ޓިކެޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކަށަވަރު ކުރައްވައިފިއެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ، އިލްޔާސް އެކަންޏެވެ. އެހެންވެ، އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެމަތިން ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހަވީރު 2:00 ގައި ފަށައި، ވޯޓުލުން މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމަށް ވޯޓުލުން ކުރިއަށް ގެންގޮސް، އިލްޔާސް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ 3،041 ވޯޓާއި އެކުގައެވެ.
މިއަދު ބޭއްވި އިންތިހާބުގައި 3،208 މީހަކު ވަނީ ވޯޓު ލައިފައެވެ. އިލްޔާސް ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅަން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދިންއިރު، ނުވަ ވޯޓު ވަނީ ބާތިލް ވެފައެވެ.
އަދި ވޯޓުލުން ކުރިއަށް ގެންދިޔަ ވަގުތު އެ ޕާޓީއަށް ސޮއި ކުރި މީހުންނަށްވެސް ވަނީ ވޯޓު ލުމުގެ ފުރުސަތު ދީފައެވެ.

އިލްޔާސްއަކީ ޑިމޮކްރެޓްސްގެ އިންތިޤާލީ ކައުންސިލުން ބައެއް ކޮމިޓީތައް އެކުލަވާލިއިރު އެ ޕާޓީގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަވާ ބޭފުޅެކެވެ.

ގުޅުންހުރި ޚަބަރު:

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

ޕްރައިމަރީ ބާއްވާ ދުވަހު ޕާޓީއަށް ސޮއިކޮށްގެންވެސް ވޯޓްލެވޭނެ: ޑިމޮކްރެޓްސް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު