Saturday, 13 April 2024

ރިޔާސީ އިންތިހާބު އިލްޔާސް ލަބީބް ކާމިޔާބު ކުރައްވާނެ: ނަޝީދު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔަސީ އިންތިހާބު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކާމިޔާބު ކުރައްވާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އިންތިޚާބުން، އެ ޕާޓީގެ ރިޔާސީ ޓިކެޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ކަށަވަރު ކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ، އިލްޔާސް އެކަންޏެވެ. އެހެންވެ، އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެމަތިން ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހަވީރު 2:00 ގައި ފަށައި، ވޯޓުލުން މިއަދު އިރުއޮއްސި 6:00 ޖެހުމާއި ހަމަށް ވޯޓުލުން ކުރިއަށް ގެންގޮސް، އިލްޔާސް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައި ވަނީ 3،041 ވޯޓާއި އެކުގައެވެ.
މިއަދު ބޭއްވި އިންތިހާބުގައި 3،208 މީހަކު ވަނީ ވޯޓު ލައިފައެވެ. އިލްޔާސް ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅަން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދިންއިރު، ނުވަ ވޯޓު ވަނީ ބާތިލް ވެފައެވެ.
އަދި ވޯޓުލުން ކުރިއަށް ގެންދިޔަ ވަގުތު އެ ޕާޓީއަށް ސޮއި ކުރި މީހުންނަށްވެސް ވަނީ ވޯޓު ލުމުގެ ފުރުސަތު ދީފައެވެ.

އިލްޔާސްއަކީ ޑިމޮކްރެޓްސްގެ އިންތިޤާލީ ކައުންސިލުން ބައެއް ކޮމިޓީތައް އެކުލަވާލިއިރު އެ ޕާޓީގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަވާ ބޭފުޅެކެވެ.

ގުޅުންހުރި ޚަބަރު:

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *