މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ހޮޑާއި ބޭރަށް ހިންގުމުގެ ބައްޔަކީ ވަކި ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެޗްޕީއޭއިން މިއަދު ކަށަވަރުކޮށްދީފިއެވެ.
މާލެ ސަރަހައްދުަގއި ގަދަޔަށް ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ބައްޔަކީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއްކަން އެ އެޖެންސީން ހޯދި ހޯދުމުން އެނގިފައިވާ ކަމަށާއި، އަދި އެއީ އެއްވެސް ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެ އެޖެންސީން ޔަގީން ކޮށްދިނެވެ.
"ތަހުގީގުތަކުގެ ވަގުތީ ނަތީޖާ ފެންނަ ގޮތުގައި ކުއްލިއަކަށް މި ފެތުރިގެން އުޅޭ ބައްޔަކީ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެއް. އެއީ ވަކި ބާވަތެއްގެ ކާނާއަކުން ފެތުރެމުންދާ ބައްޔެއް ކަމަށް ނުބެލެވޭ."
އެޗްޕީއޭއިން ބުނެފައިވެ އެވެ.
ބަލި ފެތުރެނީ ވަކި ކާނާއެއްގެ ސަބަބުން ނޫންކަން އެޗްޕީއޭއިން ޔަގީން ކޮށްދިންއިރު، ބަލި ފެތުރެނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބެހި މެޓާއެއްގެ ސަބަބުން ކަމަށް ބައެއް ނޫސްތަކާއި ސޯޝަލް މީޑިޔާގައި ބުނަމުން ދިޔައެވެ.
މިއީ ކޮންމެ އަހަރަކު ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފެތުރޭ ބައްޔެއް ކަން ފާހަގަކޮށް އެ އެޖެންސީން ބުނީ, ރެއިން ފެށިގެން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގިނަ ބަޔަކު ދައްކާފައިވާ ކަމަށެވެ.
ގުޅުންހުރި ޚަބަރު: https://fiyaonline.com/59877