Thursday, 20 June 2024

ރައީސް ޞާލިޙް ފުވައްމުލަކަށް ކުރައްވަން އޮތް ކެމްޕޭން ދަތުރުފުޅު މާދަމާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފުވައްމުލަކަށް މިއަދު ކުރައްވަން އޮތް ދަތުރުފުޅު މާދަމާއަށް ފަސްކޮށްފިއެވެ. އެ ދަތުުރުފުޅަކީ ރައީސް ޞާލިޙްގެ ރަނިންގ މޭޓްކަން ޙަވާލުކުުރުމަށް ބާއްވަވަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

"މާދަމާ ފުވައްމުލަކަށް ވަޑައިގެންފައި، އެނބުރި މާލެ ވަޑައިގަންނަވާނެ،"

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެެވެ.

ދަތުރު ފަސްކުރެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށް އިނާމު ދިނުން، ސޯޝަލް ސެންޓަރުގައި މިވަގުތު ކުރިއަށް އެބަދެއެވެ.

ދަތުރު ފަސްކުރިއިރު، ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުގެ އިތުރުން، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލެ ސަރަހައްދުގައި ދަނީ ފެތުރެމުންނެވެ،

އެ އެޖެންސީން ބުނީ, މާލެ ސަރަހައްދުގައި ގަދަޔަށް ފެތުރެމުންދާ ހޮޑުލުމާއި ބޭރަށްހިންގުމުގެ ބައްޔަކީ ވައިރަހެއެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއްކަން އެ އެޖެންސީން ހޯދި ހޯދުމުން އެނގިފައިވާ ކަމަށާއި، އެއީ އެއްވެސް ކާނާއެއްގެ ސަބަބުން ފެތުރޭ ބައްޔެއް ނޫންކަން އެ އެޖެންސީން ޔަގީން ކޮށްދިނެވެ.

މި ރޯގާ ފެތުރެމުންދާތީ، ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުގެ އިވެންޓުތައް ވެސް ވަނީ ފަސްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު