16 ޖަނަވަރީ 2025

ފާރިސް ތާޢީދު ހޯއްދެވުމަށް ނިކުންނަވައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ތާޢީދު ހޯއްދެވުމުގެ ގޮތުން މިއަދު ނިކުމެވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ ތާޢީދު ހޯއްދެވުމަށް ނިކުންނަވާފައިވަނީ،  ފާރިސްއަށް ތާއީދުކުރަަައްވާ ފަރާތްތަކުގެ ސޮއި ހޯއްދެވުމުގެ ގޮތުން ކަމަށް މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ފަރާތަކުން ކަށަވަރުކޮށްދެއްވިއެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އޮފިޝަލަކު "ފިޔަ އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ތާޢީދު ފޯމުގައި ސޮއިކުރުމުގެ ކަންތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށާއި، މާލޭގެ އިތުރުން އަތޮޅުތަކުންވެސް، ތާޢީދު ފޯމުގައި ސޮއިކުރެެއްވުމަށް ބޭނުންވެެގެން، ގިނަ އަދަދެއްގެ ބަޔަކު ފޯންކޮށް، މެސެޖްވެސް ކުރަމުންދާ ކަމަށެވެ.

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ހަމައެކަނި ކެންޑިޑޭޓަކީ، އެޕާޓީގެ ރައީސް ފާރިސް މައުމޫން ކަމުން، އެމްއާރްއެމްގެ ރިޔާސީ ޓިކެޓް ފާރިސްއަށް ކަށަވަރުވިނަމަވެސް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ތާޢީދު ފޯމްގައި ސޮއިކުރައްވަމުން ގެންދަވަނީ، ބެލެވޭ ގޮތުގައި މިހާރު އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އާއި ދެކޮޅަށް ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން، ފާރިސްގެ ކެންޑިޑެސީ ކަށަވަަރު ކުރުމަށެވެ.

‎2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) ގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު،  25 ޖުލައި 2023 ވާ އަންގާރަ ދުވަހުން 27 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އެ ޕާޓީން ހުޅުވާލެއްވިއެވެ.

މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށ،ް ޝައުޤުވެރިކަން ހުރި ކަމަށް، މީގެ ކުރިން އެކި ފަހަރު މަތިން ފާރިސް ހާމަކުރައްވާފައިވާއިރު، އެ ޕާޓީން ފާރިސް ޕްރޮމޯޓްކުރުމަށް މީގެ ގިނަ ޙަރަކާތްތަކެއް ހިންގަވާފައިވާ ކަން ފާހަގަކުރެވެއެވެ.

އަދި ފާރިސްއަށް ތާޢީދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި އޭނާ ޕްރޮމޯޓްކުުރުމުގެ އިތުރުން ތަފާތު އިވެންޓްތަކާއި ބައްދަލުވުންތައްވެސް މީގެ ކުރިން ވަނީ ބާއްވާފައެވެ.

ފާރިސް އަބަދުަވެސް ވަކާލާތުކުރަށް ވަމުން ގެންދަވަނީ، އިސްލާޙީ ހެޔޮ ބަދަލު ގެންނަން ޖެހޭ ވާހަކައެވެ. އަދި ޕާޓީތަކުން ވަޢުދުވެ ވެރިކަމާ ޙަވާލުވުމުން އެކަންކަން ހަނދާން ނުހުންނަކަން ފާހަގަކުރައްވަމުން ގެންދަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު