18 ޖަނަވަރީ 2025

ދީނާއި ޚިލާފު ވާހަކަ ދެއްކުން ސިޔާސީ މުނިފޫހިފިލުވުމަކަށް ނަހަދާ: ޝައިޚް ފިކުރީ

ދީނާއި ޚިލާފު ވާހަކަ ދެއްކުން ސިޔާސީ މުނިފޫހިފިލުވުމަކަށް ނުހެދުމަށް ޝައިޚް ހަސަން މޫސާ ފިކުރީ އިލްތިމާސްކުރައްވައިފިއެވެ.

ޝައިޚް ފިކުރީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ

ޝައިޚް ވިދާޅުވީ، ދީނާއި ޚިލާފު ވާހަކަދައްކައި، ޖުވާ ކުޅުމާއި، މެރުއާނާ ހުއްދަކުރަން ގޮވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ މުނިފޫހި ފިލުވުމަކަށް ނުހެދުމަށެވެ.

މީގެ އިތުރުން އެފަދަ ވާހަކަތައް މީޑިއާގައި ހިއްސާކޮށް ލައިކް ދީ ނުހެދުމަށްވެސް ޝެއިޚް ފިކުރީ އިލްތިމާސްކުރެއްވިއެވެ. 

ޝައިޚް މިހެން ވިދާޅުވިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަކުރެވޭނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިކަހަލަ ވާހަކަތައް ޖެހޭނެ ޕްރޮގްރާމް ގެނެސްދޭ ފަރާތުން ސެންސަރ ކުރަން ދީނާ ޚިލާފް ވާހަކަ އެހުންނަނީ ދެން މީހަކު ހޫނު ގޮނޑިއަށް ލައިގެން އިންޓަރވިޔޫ ކުރަން ޖާބިރަކީ ކާކުބާ ވަގުތު މީހުން އިބޫގެ ޕާރޓީގެ އަގު ވައްޓާލަން ގަސްދުގަ މަސައްކަތް ކުރާތަން މި ފެންނަނީ . ޖާބިރަކީ ހޭދެބައިވެފަ ހުރެ މަޖްލިސްއަށް ވެސް ދާ މީހެއް
    ޥަގުތު މީހުންގެ ފެންވަރާ މެދުވެސް ދުވާލު އުފެދޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު