ސައުދީގެ ރައްޔިތެއް ކަމަށްވާ ނާސިރު ބިން އަލްއަތައިބީ އޭނާގެ އުމުރުން 90 އަހަރުގައި އޭނާގެ 5 ވަނަ ކައިވެނިކޮށްފިއެވެ. އޭނާ ކައިވެނިކޮށްފައިވާ ތަން ދައްކައިދޭ ވީޑިޔޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އެ ވީޑިއޯގައި ފެނިގެންދާ ގޮތުގައި، އޭނާގެ ކާފަ ދަރި އޭނާގެ ކައިވެނީގެ އުފަލުގައި މަރުޙަބާ ކިޔާ މަންޒަރު ފެނިގެންދެއެވެ. އަދި ހެޔޮ ދުޢާކޮށްފައިވެއެވެ.
#مفاجئة_الموسم
نبارك لشيخ /ناصر بن دحيم بن وهق العتيبي
ونعم الرجل ويحث على الزواج كما ورد في مقطع الفديو مع الاعلامي عبدالرحمن الذيابي (العم معيض) من مشاهير السناب
صاحب المحتوى الجميل لقاء موفق يابوسعود #عتيبة pic.twitter.com/Bbng5RwxVj— محمد بن عمر بن علوش بن حميد (@m_binhumaid) July 13, 2023
ނާސިރު ބުނެފައިވަނީ، އޭނާ ކުރިކަމަކީ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އަދި ކައިވެނިކުރުމުގެ ބޭނުމަކީ އިތުރު ދަރިން ހޯދުން ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، މިއީ އެންމެ ފަހު ކައިވެންޏަށްވެސް ނުވެދާނެ ކަމަށާއި، އަދި މުސްތަޤްބަލުގައިވެސް އިތުރު ކައިވެނިކުރަން ޖެހިދާނެ ކަމަށެވެ.
އޭނާ ބުނީ، ކައިވެނީގެ އުފާވެރިކަމަކީ ފުރިހަމަ ސިއްހަތަކަށް އެހީތެރިވެދިނުން ކަމަށާއި، އަދި އެއީ އަޅާލުމާއި ކުލުނު ލިބި ހިތްހަަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށެވެ.
ނާސިރު، ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށް ދޭ ނަޞޭޙަތަކީ، ދީން މަތީގައި ސާބިތުވެ ތިބުމަށާއި، އުފާވެރި ޙަޔަތެއް އެދޭނަމަ، ކައިވެނި ކުރަން އިސްކަންދިނުމަށެވެ.