ޢާއިޝަތުގެފާނަށް ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފިކަމަށް، ސައުދީޢަރަބިއްޔާގެ ރިޔާޟްގެ ފުލުހުން ކަށަވަރުކޮށް ދެއްވާފައިވާ ކަމަށ،ް ސައުދީގެ މީޑިޔާތަކުގައި ރިޕޯޓްކޮށްފިއެވެ.
ކީރިތި ރަސޫލާގެ އަނބިކަނބަލުން، އަދި އުންމަތުގެ މަންމަގެ ލަޤަބު ލިބިވަޑައިގެންފައިވާ ޢާއިޝަތުގެފާނާ މެދު އިހާނެތި ބަސްތަކެއް ރައްދުކޮށްފައިވާ މީހާގެ މައްސަލަ ތަހްޤީޤުކުރަމުން ދާކަމަަށާއި، ޤާނޫނުގައި ކަނޑައެޅިފައިވާ ހަރުކަށި އަދަބު އޭނާއަށް ދޭނެ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
ސައުދީގެ ޕަބްލިކް ޕްރޮސިކިއުޝަންއާ ޙަވާލާދީ ބުނެފައިވަނީ، އެ ކުށް ސާބިތުވެއްޖެނަމަ، ޤާނޫނުގައި ވާގޮތުން އޭނާގެ މައްޗަށް ޙުކުމް އަންނައިރު، 3 މިލިއަން ސައުދީ ރިޔާލައިން ޖޫރިމަނާކުރުން ނުވަތަ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގެ ޙުކުމް ކަނޑައަޅާނެއެވެ.