Saturday, 13 April 2024

މިނިވަން އުފާ ކާނިވަލަށް ގޮސްގެން ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭނެ: އުރީދޫ

ރެއިން ފެށިގެން އޯގަސްޓް ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:00 އިން އިރު އޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން 00:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވަލުގެ ބައިވެރިންގެ މެދުގައި ނަގާ ގުރުއަތެއްގައި އެންމެ ބޮޑު އިނާމުގެ ގޮތުގައި ނަސީބުވެރި އެއް ފަރާތަކަށް ހަތް ދުވަހުގެ ބާލީ ދަތުރެއް ދޭން އުރީދޫން ނިންމައިފިއެވެ.

ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑްތައް ސްކޭންކޮށް ރެޖިސްޓަރކޮށްލުމުން މިނިވަން އުފާ ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށާއި، މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވާނީ ކާނިވަލުގެ ފަހު ދުވަހު ކަމަށް އުރީދޫން ހާމަކުރެއްވިއެވެ.

އަދި ނަސީބުވެރި ފަރާތައް ފްލައިޓް ޓިކެޓް އަދި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތު ވެސް ލިބޭނެކަމަށާއި، އުބުދުގައި ދެ ރޭ، ނޫސާ ޕެނިޑާގައި ދެ ރޭ އަދި ސެމިނިއާކްގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތު އޭގެ ތެރޭގައި ހިމެނޭއިރު، އެތަންތަން ބެލުމުގައި ޓުއަގައިޑެއްގެ އެހީތެރިކަން ވާނެ ކަމަށްވެސް އުރީދޫއިން ހާމަކުރެއްވިއެވެ.

ޒިޔާރާތްކުރަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި، ކޮފީ ފާމް ޕްލާންޓޭޝަން، އަލޯހާ އުބުދު ސްވިންގް، އުބުދު ސެންޓަރު، އެންޖަލް ބިލަބޮންގް، ބްރޯކެން ބީޗް، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓް، ކްރިސްޓަލް ބޭ، އަތުހު ބީޗް، ޓްރީ ހައުސް، ސެރިބޫ އައިލެންޑް ހިމެނެއެވެ.

އުރީދޫން ބުނީ ކާނިވަލުގައި ހުންނަ އެ ކުންފުނީގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ވެސް ތަފާތު އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވަނީ ހުޅުއްވައިދެއްވާފައެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، ރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *