Saturday, 13 April 2024

ޖޭޕީގެ "ދެކުނު ކެމްޕެއިން އޮފީސް" ހުޅުމާލޭގައި ހުޅުވައިފި

Image
"ދެކުނު ކެމްޕެއިން އޮފީސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޕާޓީގެ ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.

މި އޮފީހަކީ ހުޅުމާލެގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށާއި،  ހުޅުމާލެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑަައިގަންނަވާ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ހުޅުވި އޮފީހެކެވެ.

Image

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ވަރުގަދަކުރުމަށްޓަކައި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން މެނޭޖަރުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއެވެ. އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ، ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ، އިލްހާމް އަހްމަދެވެ.

އިލްހާމާއި އޭނާގެ ޓީމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯއްދެވުމަށް މާލޭގެ އިތުރުން ދެކުނުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރައްވަމުން ގެންދަވާއިރު، އެ ދަތުރުތަކުގައި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ ރަށްރަށް ބޭނުންވާ ކަންކަމާއި، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެ ރަށްރަށާއި ދާއިރާތަކަށް އަންނާނެ ކުރިއެރުންތަކާއި ގުޅޭ މައުލޫމާތު ދަނީ ހިއްސާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *