ކުރީގެ ރައީސް އަދި ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތިޢުނާފު މައްސަލަ ލަސްވާތީ، ހައިކޯޓް ދޮށުގައި، ޕީޕީއެމް ކޯލިޝަންގެ ވެރިން އިހްތިޖާޖު ކުރަމުން އެބަދެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އެ ޕާޓީން ދެންމެ ކުރެއްވި ޓްވިޓެއްގައެވެ.
މި އިހްތިޖާޖުގައި އެ ކޯލިޝަންގެ ވެރިޔާ ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މާލޭ ސިޓީގެ މޭޔަރ ޑޮކްޓަރ މުޢިއްޒުގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްއާއި، މާވަށު ދާއިރާގެ މެންބަރު ސައީދުއާއ،ި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އިސްކޮށް ހަރަކާތްތެިވެވަޑައިގަންނަވާއިރު، ޕީޕީއެމްގެ އާންމު މެންބަރުންވެސް ޙަރާކަތްތެރިވަމުން އެބަދެއެވެެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާޤުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
"މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިކޯލިޝަންގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި މިގެންދަނީ ބާރަށް ކުރިއަށް ކަމުގައިވެސް ދެންނެވީމެވެ."
– ޕީޕީއެމް/ޕީއެންސީގެ ބަޔާނެއްގައި ނިންމާލަމުން ބުނެފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.
Raees Yameen ge isthiunaaf masslaa lass vaathy PPM PNC ge leaders High Court ga #FreePresidentYameen #RY2023 #DhiveheengeRaajje pic.twitter.com/3kgjWlyx2Z
— Progressive Party of Maldives (@ProgressPartyMV) July 30, 2023