އިދިކޮޅު ޕީޕީއެމް ކޯލިަޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު މިއަދު ހަމަޖައްސައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ނިންމުމަކީ ޔާމީންގެ އަމިއްލަފުޅު ނިންމެވުމެކެވެ. ޑޮކްޓަރ ޖަމީލަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޔާމީންގެ ރަނިންމޭޓެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ވަކި ހިސާބަކުން ވަކިކުރެއްވި ނައިބު ރައީސަކީ ވެސް ޑރ. ޖަމީލެވެ. 2013 ގައި ޔާމީން ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ޖަމީލް ވަޑައިގެންނެވި އިރު، ޖަމީލް އެ މަގާމުގައި 2015 ގެ ވަކި ހިސާބަކާ ޖެހެން ދެން ހުންނެވިއެވެ. ރައްޔިތުންގެ މަޖިލިހުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަކި ކުރިއެވެ. ޔާމީންގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަދީބު ނައިބު ރައީސް ކަމުގެ މަގާމަށް ވަޑައިގަތީ ރޭވުމެއްގެ ތެރެއިން ކަމަށް އޭރު ޖަމީލްގެ އަރިސް ބޭފުޅުން ގެންދެވީ ތުހުމަތު ކުރައްވަމުންނެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމުގައި އެމަނިކުފާނު ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް ސޮއިކުރައްވާފައި ވާއިރު ފޯމް ހުށަހަޅުއްވާނީ ޖަމީލް ރަނިންމޭޓެއްގެ ގޮތުގައި ހިމަނައިފައެވެ.
ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި ޖަމީލް ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގެން ޕީޕީއެމް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވައިފައެވެ. އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ޖަމީލް އޭރުގެ ސަރުކާރާ ދެކޮޅަށް ވަރަށް އިސްކޮށް މަސައްކަތް ކުރައްވައި ރައީސް ޔާމީންގެ ބޮލުގައި ވައްކަމާއި ކޮރަޕްޝަންގެ އެތައް ތުހުމަތެއް އެޅުވިއެވެ.
ޖަމީލް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ވެސް މަސައްކަތް ކުރައްވައިފައެވެ. 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތެެވެ. އޭގެ ފަހުން އޭނާ އޭގެ ފަހުން، އޭނާ ވަނީ ޕީޕީއެމާ އަލުން ގުޅިވަޑައިގެން، ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.