ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުންް ނެއްޓިގެން ގޮސް، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
ހުޅުމާލެ 1 ގައި ދިއްގާ ބީޗު މަގުގައި، ކާރެއް ކޮންޓްރޯލް ނެއްޓިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަގުމަތީގައި ހުރި ހޮޅިގަނޑިއަކަށާއި ގަހަކަށް ގެއްލުންވެފައިވެއެވެ.
އެހެން ނަމަވެސް. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ވިދާޅުވިއެވެ.
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. އެގޮތުން، ކާރުގެ ކުރިމަތި ފަރާތް ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރު ޖެހުނު ހޮޅިދަނޑި އޮތީ ވެއްޓިފައިވާއިރު، އެ ހޮޅިދަނޑިއާ ކައިރީގައި ހުރި ގަސްތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.