16 ޖަނަވަރީ 2025

މަންޑޭ ބަންދުން ދޫކޮށްލައިފި

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އެތައް ބައެއްގެ އަތުން އެތައް މިލިއަން ރުފިޔާގެ ފައިސާ ނަގައި، އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ހަސަން މަމްދޫހު (މަންޑޭ) ބަންދުން ދޫކޮށްލަން ކޯޓުން އަމުރު ކޮށްފިއެވެ.

މަންޑޭގެ ބަންދަށް ފުރަތަމަ 15 ދުވަސް ޖެހިއިރު، ބަންދުގެ މުއްދަތު ހަމަވެގެން ޖުލައި 20 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 10 ދުވަސް ޖަހައިދީފައިވާއިރު، އިއްޔެ އޭނާ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ވަނީ ދޫކޮށްލާފައިވާ ކަމަށް ޚަބަރު ލިބެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ، ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ. ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

މަންޑޭ ހައްޔަރުކުރަން އަމުރު ނެރެފައި މިވަނީ،  މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ. މި މައްސަލައާ ގުޅިގެން އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މަންޑޭގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށްވެސް ތުހުމަތުކުރެވެއެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އަށް ނަމަވެސް މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު ކަމާއި އެއީ ފަސް ޕަސެންޓް ހިއްސާކަން ރިޕޯޓް ކޮށްފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.

 

ގުޅުންހުރި:

މަންޑޭގެ ބަންދަށް 15 ދުވަސް

މަންޑޭ ގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ކުރުމުން ގިނަ ބައެއްގެ ނުރުހުން!

ވަގެއްގެ ޙައްޤު މި ޤައުމުގައި މާ ބޮޑު: ނާދިރާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު