(އިސްލާމްއާބާދު) ޕާކިސްތާނުގެ އިސްލާމިސްޓް ޕާޓީން އިސްނަގައިގެން ބޭއްވި މުޒާހަރާއެއްގެ ތެރެއިން، ޕާކިސްތާނުގައި ހިނގި ހަމަނުޖެހުމެއްގައި 35 މަރުވެ، 200 މީހުންނަށް އަނިޔާވެއްޖެއެވެ.
ޕާކިސްތާނުގެ ފުލުހުން ހާމަކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ތެރޭގައި ބޮމެއް ގޮއްވާލާފައިވާ ކަމަށާއި، އެއީ އަމިއްލަައަށް މަރުވެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމުގައެވެ.
އަދި މި ހަމަލާގައި ޒަޚަމުވި މީހުންނަށް ބަލާއިރު، އިތުރު ބަޔަކު މަރުވެފައިވޭތޯ ކަށަވަރުކުރަމުންދާކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމުގައި ޕާކިސްތާނުގެ ސެކިޔުރިޓީ ފޯސްތަކުން މަޢުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކަށް ފަރުވާދެމުންދާއިރު، ޑިސްޓްރިކް ހޮސްޕިޓަލުގައި ވަނީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.
މި އެއްވުމަކީ ކުރިއަށް އޮތް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ބޭއްވި އެއްވުމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.