Monday, 07 October 2024

ފިތިގެން ދިޔަ ވަގުތު ރައީސް ޞާލިޙުގެ ގައިން އައީ "މާމުއި": ސިޔާމް

ރައީސް ޞާލިހްގެ ވިސްނުންތެރި އަމަލުތައް ނެތް ނަމަ، ރާއްޖޭގައި މިއަދު ފަތުރުވެރިކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ކޯވިޑް 19 ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ލޮޅުމުން، ފިތިގެން ދިޔަ ދުވަސްވަރު ރައީސް ޞާލިޙުގެ ގައިން ނުކުތީ "މާމުއި" ކަމަށް، އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު،  އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ޞާލިޙާއެކު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ފިތިގެން ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާ ފިތިގެން ދިޔައީ. ފިތިގެން ދިޔަ ވަގުތު އެމަނިކުފާނު ގައިން އައީ ކޮން އެއްޗެއްތޯ؟ މާމުއި. މީހުންނަށް ދެއްކޭނެ، އުފާވާނެ، ކަރަށް ރަހަ ލާނެ ރީތި މާމުއި އެނގޭތޯ. މިއީ ކޮންމެހެން ދޮގު ހަދައިގެން ދައްކާ ވާހަކައެއް ނޫން. މިއީ ހަޤީޤީ ވާހަކަ،"

ސިޔާމް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވިސްނުންތެރި އަމަލުތައް ނެތް ނަމަ، ރާއްޖޭގައި މިއަދު ފަތުރުވެރިކަމެއް ނޯންނާނެ ކަމަށް ވެސް ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެ ތަޖުރިބާކާރު އެއް މަހުޖަނު  ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގައި 20 އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވާފައިވާ އިރު، މަޖިލިހުން ފެނިވަޑައިގަތް އެންމެ އަހުލާގު ރަނގަޅު، އަދި އެންމެ މަޑުމައިތިރި ވިސްނުންތެރިކަމާ އެކީގައި މަސައްކަތް ކުރެއްވި ލީޑަރަކީ ރައީސް ޞާލިހް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާމް ވިދާޅުވީ ކޮވިޑާ އެކުގައި ރައްޔިތުންނަށް ލޯނާއި އެ ނޫން ގޮތް ގޮތަށް ތިން ބިލިއަނެއްހާ ރުފިޔާ ބަހާލާފައިވާ ކަމަށެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި، ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ބައެއް ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިފަދަ އިންސާނެއް ދުނިޔޭގަ ލެއްވިކަމަކަށް މިހާތަނަކަށް އަދި އެނގިފައެއް ނެތް މީ މިގޮތައްފެނުނު ފުރަތަމަ އިންސާނާ އެހެން އިންސާނުން ފިތިގެން ނިކުންނަނީ ލޭވިއްޔާ މީކިހާބޮޑު އަޖާއިބެއް ދެން ރާއްޖެއަށް މައިމޫ އެތެރެކުރާކަށް ނުޖެހޭނެދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު