މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

މިލަންދޫގައި އެއާޕޯޓް އަޅަނީ

ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމައި، އެއާޕޯޓް އެޅުމުގެ ޓެކްނިކަލް ސާވޭއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.

މިއަހަރު ރިޔާސީ އިންތިހާބުގެ މިލަންދޫ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެރަށު ކައުންސިލާއި ރައްޔިތުން ވެސް ހުށަހެޅި އެންމެ މުހިންމު ކަމަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށެވެ. މިހާރު އެއާޕޯޓު އެޅުމަށްޓަކައި ޓެކްނިކަލް ސާވޭއެއް ހަދަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެއީ އެއާޕޯޓެއް އެޅޭނެ ތަނެއްތޯ އަޅާ ނަމަ، ކޮން ކަމެއްތޯ ކުރަން ޖެހޭނީ. އަޅުގަނޑު އެކަން އަސްލަމްއާ ހަވާލު ކުރާނަން. އެއަށް ފަހު، އެއީ ކުރެވޭ ވަރު ކަމެއްތޯ ބެލުމަށް ފަހުގައި އެއާ ބެހޭ ގޮތުން އަޅުގަނޑު ނިންމުމެއް ނިންމާނަން."

ރައީސް ވިދާޅުވިއެވެ.

2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށް ށ. އަތޮޅުގައި ހިންގާފައި ވަނީ 19 މަޝްރޫއުކަމަށް ވިދާޅުވެ 2014 ވަނަ އަހަރުން 2018 ގެ ނިޔަލަށް ހިންގުނީ 56 މަޝްރޫއު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ދަތި އުނދަގުލާ އެކު، ހޭދަކުރި ދެ އަހަރާއި އެކުގައި މި ސަރުކާރުން 159 މަޝްރޫއު ށ. އަތޮޅުގައި ހިންގާފައިވާ ކަމަށް ފާހަގަުރައްވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިހާރު ވެސް ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި މަގުތައް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިނގަމުން އަންނަ އިރު، އެކަންކަން ނިމެން ވަގުތު ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރުގައި މިލަންދޫގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ނިންމާނެ ކަމަށާއި، ކުނި މެނޭޖް ކުރުމަށް ޒަމާނީ ވަސީލަތް ރަށުގައި ގާއިމުކޮށް ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އިތުރު ހައުސިން ޔުނިޓްތައް ރަށުގައި އަޅައި ދެއްވާނެ ކަމަށެވެ.

ށ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮންނައިރު، އެއީ މިލަންދޫން ފުރައިގެން 15 މިނެޓެއް ހާއިރު ތެރޭގައި ދެވޭހާ ކައިރީގައި އޮންނަ ށ. ފުނަދޫ އެއާޕޯޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު