Friday, 04 October 2024
ޖޭޕީގެ ޖަގަހަ ޖަލްސާގައި

މިދިޔަ ފަސް އަހަރުގެ ބަޖެޓް ޑެފިސިޓް 62 ބިލިއަނަށް އަރާ، މިއީ ހާސްވާން ޖެހޭ ކަމެއް: ޖިހާދު

މިދިޔަ ފަސް އަހަރުގެ ބަޖެޓްގެ ޑެފިސެޓް 62 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، މިއީ ހާސްވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު ކަން ކުރައްވާފައިވާ އިޤްތިޞާދީ މާހިރު، ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އަދި ދައުލަތުން ނަގާފައި ހުރި ލޯނުތަކަށް ބަލާއިރު، އެއް ބިލިއަން ޑޮލަރު 2026ގެ ކުރިން ދައްކަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހާއްސަކަނޑާލާ، ހަމަޖެހޭނެ" މި ޝިއާރުގައި ދަށުން ބޭއްވި ޖޭޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ކޮންމެ ކެންޑިޑޭޓަކު އަޔަސް އެއް ބިލިއަން ޑޮލަރު އެބަ ދައްކަން ޖެހޭ 2026 ގައި، ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މި އުޅެނީ 900 ބިލިއަނާއި ގާތަށް، ކިހިނެއް އެއް ބިލިއަން ޑޮލަރު ދައްކާނީ 900 ބިލިއަން ޑޮލަރު ލިބިގެން، އަދި ދައުލަތުން ކުރަން ޖެހެ އެހެން ހަރަދުތައް ހުންނާނެތާ.".

ޖިހާދު ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުން ތިބީ ހާސް ކަންމަތީގައި ކަަމަށާއި، އަދި ދަރަނިވެރިކަންމަތީގައި ގިނަބަޔަކު ތިބި ކަމަށް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު އިތުރަށް ވިދާޅުވީ މިއީ ހާސްކުރަން ދައްކާ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ އިގްތިޞާދު އޮތީ ގަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައި ކަަމަށެވެ.

"ރާއްޖޭގެ އިގްތިޞާދު އޮތީ އަޅުގަނޑުމެން ޤަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައޭ. މިކަމަށް ހައްލެއް ހޯދަން އެބަ ޖެހެއޭ.".

ޖިހާދު ވިދާޅުވީ، ޖޭޕީ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަކީ ބަޖެޓް ހަދަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އަދި ޤާސިމަކީ ބަޖެޓް މެނޭޖް ކުރަންވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

 

ގުޅުންހުރި ޚަބަރު: https://fiyaonline.com/60141

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު