Saturday, 13 April 2024

ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު ދަށަށް ގޮސްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެސްޓީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 4.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއްކަން ފާހަގަވެއެވެ.

ދެވަނަ ކުއާޓަރުގައި އެސްޓީއޯޢަށް ފައިދާގެ ގޮތުގައި ލިބުނީ 303 މިލިއަން ރުފިޔާއެވެ. އެހެނީ، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 368 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ 15 އިންސައްތަ ދަށްވެފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

ދެވަނަ ކުއާޓާރގައި އޭގެ ކުރީ ކުއާޓަރާއާއި އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 671 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *