29 އެޕްރީލް 2025

އިއްޔެ ހިނގި ހަމަނުޖެހުންތަކެއްގައި ފަލަސްޠީނުގެ ހަ މީހުން މަރުވެއްޖެ

ލުބުނާނުގެ ދެކުނުގައިވާ ޞައިދާގައި އޮންނަ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕްގައި ހިނގި ހަމަނުޖެހުންތަކެއްގައި ފަލަސްޠީނުގެ ހަ މީހުން މަރުވެއްޖެއެވެ.

އެ ތަނުގައި 63,000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަނުޖެހުންތައް ހިނގާފައި ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ ފަތަޙް ޖަމާޢަތާއި، އެ ޖަމާޢާތަކާ ދެކޮޅު އެހެން ޖަމާޢަތްތަކުގެ މެންބަރުންގެ މެދުގައެވެ.

ޞައިދާގެ ރަށްބޭރުގައި އޮންނަ ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕަކީ ލުބުނާނުގެ ސަލާމަތާއި އަމަން ބަލަހައްޓާ ބާރުތަކުގެ އިހުތިސާސްގައި ހިމެނޭ ތަނެއް ނޫން ކަމުން، އެ ތަނުގެ އަމަން ބެލެހެއްޓުމުގެ ޒިންމާތައް އަދާކުރަނީ ފަލަސްޠީނުގެ ޖަމާޢަތްތަކުންނެވެ.

މި ހަމަނުޖެހުންތަކެއް ފެށުނީ އަލް-ޝަބާބް އަލް-މުސްލިމް ޖަމާޢަތަށް ނިސްބަތްވާ އިސް މީހަކު މަރައިލުމާ ގުޅިގެންނެވެ. އަދި އޭނާ މަރައިލުމަށް ދިން ހަމަލާގައި އެ ޖަމާޢަތުގެ އިތުރު ހަ މީހަކު ޒަޚަމުވި ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ކަމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި މަރުވެފައި ވަނީ ފަތަޙް ޖަމާޢަތުގެ އިސް ކޮމާންޑަރެކެވެ. ފަތަޙް ޖަމާޢަތުން ވަނީ އޭނާގެ މަރާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

މި ހަމަނުޖެހުންތަކުގައި ލުބުނާނުގެ އަސްކަރިއްޔާގެ ސިފައިންގެ ބަޔަކު ޒަޚަމުވި ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

ޔޫ.އެން.އާރް.ޑަބްލިޔު.އޭގައި ރަޖިސްޓްރީ ކޮށްފައިވާ 479,000 އަށްވުރެ ގިނަ ރެފިއުޖީން ލުބުނާނުގައި ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު