18 ޖަނަވަރީ 2025
"ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދިޔަ ޖަލްސާގައި

ޤާސިމް 100 މިލިއަނަރުން އުފައްދަވާނެ: ސައުދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ހޮވިވަޑައިގެންފިނަމަ، 100 މިލިއަނަރުން އުފައްދަވާނެކަމުގެ ޔަޤީންކަން، އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަޙްމަދު ސައުދު ދެއްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ، "ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޤާސިމް ވިދާޅުވުމުން އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމަށް ސައުދު ރޭ ވަނީ ރައްދު ދެއްވާފައެވެ.

"ޤާސިމަކީ އެމަނިކުފާނުގެ ވިޔަފާރި ފައްޓަވައި ރާއްޖޭގެ އޭރުގެ މިލިއަނަރުން ފަހަތަށް ޖެއްސެވި ބޭފުޅެއް. އެހެންވީމަ، ގާސިމަށް 100 މިލިއަނަރުން ނުއުފެއްދޭނެތޯ؟"

ސައުދު ވިދާޅުވިއެވެ

ސައުދު ވިދާޅުވީ، ގައުމަށް ބޭނުންވަނީ އިންސާފުވެރިކަން ގެނެވޭނެ ބޭފުޅެއްކަމަށާއި، އެއީ ޤާސިމް އިބްރާހީމްކަމަށެވެ. އެއީ އެއްވެސް މީހަކަށް އަނިޔާވެރިވެފައިވާ ބޭފުޅެއް ނޫންކަމަށާއި، މީހުން ފެންވަރަކަށް ވަކި ކުލައަކަށް ނުބަލައި ގައުމަށް އެބޭފުޅާ ދަނީ އެހީވަމުންކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގައުމަށް ބޭނުންވާ ވެރިޔަކީ އެއީކަމަށާއި، ގައުމަށް ދެރައެއް ލިބޭ އިރު ގާސިމް ހުންނަވާނީ އެންމެ ކުރީގައިކަމަށެވެ.

"ޤާސިމް އަބަދުވެސް އިސްކުރައްވަނީ ގައުމު. ގާސިމް ވިދާޅުވި މަގު ހިޔާރުކުރިނަމަ ރާއްޖޭގައި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތަކެއް ނުގިނގާނެ. މި ކަންކަމަށް ޤާސިމް ފުުރުސަތެއް ނުދެއްވާނެ."

ސައުދު ވިދާޅުވިއެވެ

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސްޕެޝިއަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ވިދާޅުވީ، 2018ގައި މި ސަރުކާރުން ވެރިކަމަށް އައުމަށް ވެވެޑައިގެންނެވި އެންމެ މުހިންމު ވައުުދުފުޅަކީ ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދޭނެކަމުގެ ވައުދުކަމަށެވެ. ރާއްޖޭގައި ހިނގާފައިވާ ގޮތްނޭންގޭ މަރުތަކުގެ ތަހުގީގު ހިންގައި އޭގެ ތަފްސީލް ރާއްޖޭގެ އެންމެނަށް ހިއްސާ ކުރައްވާނެކަކަމުގެ ވާހަކަކަމަށެވެ. ވެރިކަން ނިމެން އެންމެ 40 ދުވަހަށް ވީއިރުވެސް، އިންސާފު ހޯދައިދޭންބުނި އެއްވެސް ކަމަކަށް އިންސާފު ލިިބިފައި ނުވާކަމަށާއި، އެކަންވެސް ކެރިގެން ކުރައްވޭނެ ކެންޑިޑޭޓަކީ އޮނަރަބަލް ގާސިމް އިބްރާހީމްކަމަށް ނަވާޒް ވިދާޅުވިއެވެ.

"ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުގެ ދަށުން ކުރިޔަށްގެންދިޔަ ޖަލްސާގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު