އަހަރެމެންނަށް ހީކުރެވިފައި އޮންނަނީ އެލުމިނިއަމް ފޮއިލްއަކީ ހަމައެކަނި ބަދީގޭގެ ބޭނުންތަކަށް ބޭނުން ކުރާ އެއްޗެއް ކަމަށެވެ. ނަމަވެސް އެލުމިނިއަމް ފޮއިލްއަކީ އާދަޔާ ޚިލާފު އެތައް ކަމަކަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.
އަހަރެމެންގެ ދިރިއުޅުމުގައި ހިނގާ ބިނގާވެ އުޅުމުގައި އުޅޭއިރު އަދި ތަފާތު މަސައްކަތްތައް ކުރާއިރު، ވަރުބަލިވެ ފައިގާ ރިއްސާގޮތްވެއެވެ، ބައެއް މީހުންނަށް އެކަން ވެފައި އޮންނަނީ ވަރަށް ބޮޮޑު ބައްޔަކަށެވެ. ބައެއް ފަހަރު ކަމެއް ނުކުރިއަސް ހަމަ ކުއްލިއަކަށް ހުރެފައިވެސް ފައިގައި ރިއްސާލަފާނެއެވެ.
ނަމަވެސް އެކަަމަށް ހާސްވެ ކަންބޮޑު ނުވާށެވެ. އެލުމިނިއަލް ފޮއިލްގެ ބޭނުން މިހާ ހިސާބުން ވެސް ފެނިގެންދާނެއެވެ.
ފައިގައި އެލުމިނަމް ފޮއިލް އޮޅާލާށެވެ. ނިދަން އޮށޯންނައިރުވެސް ރަނގަޅުވާނެއެވެ. ނިދާ ހޭލާއިރު، ް ވަމުން އައި ތަދަށ،ް ވަރަށް ބޮޑު ލުއިކަމެއް އައިސްފިކަން ވަޒަންކުރެވޭނެއެވެ. އެގޮތަށް ފައިގައި ފޮއިލް އޮޅުމުން، ހުޅުހުޅަށް ވެފައި ހުންނަ ތަދުތަކާއި މަސްގަނޑަށް ވެފައި ހުންނަ ތަދުތައް ކަނޑުވާލައެވެ. ހަރުވެފައި ހުންނަ މަސްތަކަށް މަޑުކަން ގެނެސްދެއެވެ. މަސްތަކުގެ ވަރުބަލިކަން ފިލުވާލައެވެ. މަސްތަކުގައި ވަރުޖެހެއެވެ.
ހަމައެހެންމެ، އެލުމިނިއަމް ފޮއިލްއަކީ އިސްތިރިކުރާއިރު، ފަސޭހަ ކަމާއެކު ރޫފިލުވާލުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އިސްތިކުރަން ބޭނުންވާ އެތީގެ ވަށައިގެން ފޮއިލް އޮޅާލާށެވެ. އިސްތިރިކުރާ މޭޒުމަތީ ބާއްވައި، ފޮއިލް މަތިން އިސްތިރި ކާތާލުމުން ދެފުށުގައި ހުންނަ ރޫތައް ފިލައިގެންދާނެއެވެ. ވަގުތު ނަގާނުލައި، އެއް ފުށުގައި އިސްތިރި ކާތައިގެން ދެ ފުށް އިސްތިރިކޮށްލެވޭނެއެވެ.
މީގެއިތުރުން، ގޭތެރޭގައި "ވައިފައި" ރޭންޖް ދަށްނަމަ، އެލުމިނިއަމް ފޮއިލްއިން ސްކްރީނެއް ހަދާލާށެވެ."ވައިފައި" އެންމެ ދަށް ހިސާބެއްގެ ފާރުގައި އެ ސްކްރީން ހިއްޕާށެވެ. އެގޮތަށް ހަދާލެވިއްޖެނަމަ، އެ ސްކްރީން ބަހައްޓާ ސަރަޙައްދަށް ރަނގަޅަށް ވައިފައި ކަނެކްޝަން ލިބިގެން ދާނެއެވެ.