ޔާމީންގެ ކެންޑިޑެސީއާ މެދު މިއަދު އީސީއިން ގޮތެއް ނިންމަވަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާއިމެދު މިއަދު 18:00 ގެ ކުރިން ގޮތެއް ނިންމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ކޯލިޝަންގެ ލީޑަރޝިޕާއި، އެ ޕާޓީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފޯމް ހުށަހެޅުމަށް ދަރުބާރުގޭގައި އޮތް ހަރަކާތުގައި ބައިވެރިވެފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތުމަށްފަހު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކެންޑިޑެސީ އާއިމެދު ގޮތެއް ނިންމަވަން 48 ގަޑިއިރު އިލެކްޝަންސް ކޮމިޝަނަށް ލިބުނު ނަމަވެސް މިއަދު 18:00 ގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއި މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު