ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އާއި ވައިޓަލްކެއަރ ޑެންޓަލް ގުޅިގެން އަނގައިގެ ކެންސަރ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މުވައްޒަފުންގެ މެދުގައި ސިއްހީ މައުލޫމާތު އިތުރު ކުރުމާއި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތުދިނުމާއި އަނގައިގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، އަނގައިގެ ކެންސަރު ޖެހެން މެދުވެރިވާ ސަބަބުތަކާއި ބަލީގެ ކުރީކޮޅު އެކަން ދެނެގަނެވޭނެ ގޮތްތަކާ އަދި ބަލިން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުދިނުމާއެކު ޓެސްޓުކޮށްފައިވެއެވެ.

އޭގެ އިތުރުން، ވައިޓަލްކެއަރގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ކްލިނިކަލް އެގްޒަމިނޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.