Thursday, 18 April 2024

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޕީޕީއެމްގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެންޑިޑެސީ މައްސަލަ، ދާދި ދެންމެއަކު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން، އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް އުޅުއްވާ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ.

"ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީންގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. IA ޙައްގަތް ނަޞްރު ލިބިގެންދާނެ."

ޖަމީލް ވިދާޅުވިއެވެ،

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ޕީޕީއެމްއިން ފަށާފައިވާ ކަމަށ، އިއްްޔެ އެ ޕާޓީން ހާމަކުރެއްވިއެވެ.

އެ މަސައްކަތް ޕީޕީއެމްއިން ފަށާފައިވަނީ، ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމެވުމާ ގުޅިގެންނެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ގަބޫލު ނުކުރަން ނިންމާފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތަަށް (11 އަހަރު ދުވަހު) ގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައިސްފައިވާވުމާއެކު، މި ހުކުމް ތަންފީޒު ކޮށް ނިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލެމުން އެނގެން އޮންނާތީ ކަމަށެެވެ.

"ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކިބިގައި ފުރިހަމަ ނުވެ".

މިއާއެކު އިިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހާމަކުރައްވާފައެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދިވެހީންގެ އަދި މިކޯލިޝާންގެ ރިޔާސީ ކެންޑިޑޭޓް، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އީސީއަށް ހުށަހެޅުއްވި ހުށަހެޅުއްވުން ގަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ވަކި ޚާއްޞަ ނ

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓެއްގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އިންތިހާބަށް ކުރިމަތިލާން އޮތް މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއިމެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް ޖަވާބު ނުލިބިދާނެތީ،  ބެކަޕް ޕްލޭންގެ ދަށުން ޕީއެންސީން ކެންޑިޑޭޓަކު ކަނޑައަޅަން ރައީސް ޔާމީން އިއްޔެ އެދިވަޑައިގެންނެވިއެވެ. އެކަމާގުޅިގެން ޕީއެންސީ އިން ނިންމީ އެޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު ރައީސް ޔާމީނަށް ދިނުމަށެވެ.

ިންމުމެއް ކަމުގައި ނުދެކޭ ކަމަށެވެ.

އަދި އީސީގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ސައްހަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމުގައި ދެންނެވީމެވެ". އިދިކޮޅުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *