އީވާއަށް ބިރުދައްކަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސް، އަދި ދަ ޑިމޮކްރެޓްސްގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ، އީވާ އަބްދުﷲ އަށް ބިރު ދައްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވީ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުންް މީހަކު ހައްޔަރުކުރީ މިރޭ 22:34ގައި ކަމަށާއި، އަދި މި މީހާ މަޖިލީހުގެ ނާއިބް ރައީސަށް ބިރު ދައްކަމުން ގެންދިޔައީ އެކަމަނާގެ ދަރިފުޅުގެ ފޮޓޯއެއް ޓްވިޓަރގައި ބޭނުންކޮށްގެންކަމަށެވެ.

އިވާއަށް ބިރު ދެއްކި މައްސަލާގައި މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު